Category Archives: Thaana
Dhivehinnaai Islaamdheen
ދިވެހިންގެ މުސްލިމްކަމާއި އިސްލާމްދީން ދެކެ ވާ ލޯތްބަކީ ޝައްކެތްނެތް މިންވަރަށް ޔަގީން ކަށަވަރު ވެފައިވާ ކަމެކެވެ. އިސްލާމްދީން ނޫން ދީނެއް ދިވެހިރާއްޖޭގައި އޮތުމަކަށް ދިވެހިން ބޭނުމެއް ނުވެއެވެ. އެއްވެސް ދިވެއްސަކީ އިސްލާމަކަށް ނޫން މީހަކަށް ވާކަށް ދިވެހިން ބޭނުމެއް ނޫނެވެ. ދިވެހިރާއްޖޭގައި އޮންނަންވާނީ މަތިވެރިވެގެންވާ އިސްލާމްދީނުގެ މާތް ގޮތެވެ. އަދި ދިވެހިރާއްޖެއަށް އިސްލާމްދީން ނޫން ދީނެއް ދުވަހަކުކޮޅުންވިޔަސް އަޔަނުދިނުމަށް ދިވެހިން ތިބީ އަތުކުރި އޮޅާލައިގެންނެވެ. މިއީ ފޮނިވާހަކަތަކެވެ. ވަރަށް ހިތްގައިމު ހުވަފެންތަކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެއްސަކު ސެލޫނަކަށް ބޯކޮށަން ދިޔައެވެ. ޖެހިގެން އިންގޮޑީގައި ޖައްސާލީ ބުރުގާ އަޅައިގެން އިން އަންހެންކުއްޖެކެވެ. އޭނާ ބުރުގާނަގައިގެން ދިޔައީ ބޯދޮންނަ ގޮޑިއަށެވެ. ގޮސް އޮށޯތުމުން އޭނާގެ ބޯ ދޮވެދީފައި އޭނާ ގޮވައިގެން އައީ ފިރިހެނެކެވެ. ފުރަތަމަ މީހާ ތެދުވެގެން ދިޔައިރު، އަންހެންކުއްޖާގެ ބޯވަނީ ފިރިހެން ބޯކޮށާ މީހާގެ އަތުގެތެރޭގައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެއްސަކު ރާއްޖޭގެ ރަށަކަށް މަތިން ދާންވެގެން ޓިކެޓެއް ނެގިއެވެ. އޭނާ މާލެއިން ހުޅުލެއަށް ދާންޖެހެނީ 11 ޖަހާއިރަށެވެ. ހުކުރުދުވަހުގެ މެންދުރު 12 ޖަހާއިރު ހުޅުލޭ ޑޮމެސްޓިކް ޓާމިނަލުން ޗެކިންގ ކުރި މީހާ “ހުކުރުއަޅާފައި” ފުރައިގެންދާނެއެވެ. އެއީ އަދުގެ ހާލަތު އޮތްގޮތުން ދިވެހިންނަށް އޮތް މަޖުބޫރެވެ. އިސްލާމްދީނަށް ގަދަރުލިބޭ ގޮތަށް މިއަދަކު ކަންކަން ކުރެވޭކަށް ނެތެވެ. އެއީ ގާނޫނުއަސާސީހަދާއިރު ރައްޔިތުން ރުއްސަން އަދި ގައުމުގެ ނަން ރީތިކޮށްލަން ބޭނުންތެރި ހަތިޔާރެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މާލޭގެ ފުރަތަމަ ސިޓީހޮޓާކަމުގައިވާ ހުޅުލޭ އައިލެންޑް ހޮޓަލުގައި އާންމުކޮށް ރާވިއްކާ ތަންތަން ހުރެއެވެ. އެތަނަކީ ދިވެހިންނަށް މާކެޓުކުރާ ތަނެކެވެ. ރިޒޯޓެއްގޮތަށް ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހަމައެކަނި ކޭޓަރ ކުރާ ތަނެއް ނޫނެވެ. ފަތުރުވެރިއަކު އޭނާގެ އުފަންދުވަސް ފާހަގަކުރުމަށް ދިވެހިކާބަފައިންގެ އިހުގެ ދީން ކަމުގައިވާ ބުއްދާގެ ބުދެއް ގެނެސް ފަތުރުވެރިންނަށް އެކަނި ޚާއްޞަކުރެވިފައިވާ ތަނެއްގައި ބަހައްޓައިގެން ޕާޓީ ޒީނަތްތެރިކުރުމުން، ދިވެހިންނަށް އެކަން މައްސަލައަކަށްވީ ދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމަކުން ނޫނެވެ. ދިމާކުރުމަށް ލިބުނު ރަގަޅު ފުރުސަތަކަށް ވީމައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިމާކުރުމަކީ އިސްލާމީ އުސޫލަކަށް ނުވިޔަސް އެއީ ދިވެހިއިސްލާމީ އުސޫލުގެ މައިތަނބެވެ. ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރަން އަތުކުރި އޮޅާލައިގެން ނިކުމެތިބި ގައުމުގެ ލީޑަރުން އެގެންދަނީ ކުޑަކުދިންނާއި ޒުވާނުންނާއި މުޅިރައްޔިތުންނަށް އޭގެ ރިވެތި ނަމޫނާ ދައްކަމުންނެވެ. ޝިހާބު ޝިހާބު ޝިހާބު
Dhivehin: Minivan Insaafuveri Inthikhaabakun Mahuroom Kurevifai thibi Rayyitheh!
ދިވެހިންނަށް ޒަމާނީ ޑިމޮކްރަސީއެއް ގެނެސްދިނުމަށްޓަކާ އިސްލާހުކުރި، އާގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިއާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްގެ ޝަރުތުތައް ފުރިހަމަނުވާނެ އިންތިޚާބެކެވެ. އަޅުގަޑުގެ މިވިސްނުމަށް ޖަދަލުކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް، ޖެނީވާގައި ހުންނަ، އިންޓަރޕާލިމެންޓަރީ ޔުނިއަން ގެ ޕަބްލިކޭޝަން (2006) ފްރީ އެންޑް ފެއަރ އިލެކްޝަންސް ވިދާޅުވުމަށް އަޅުގަޑު ދައުވަތު އަރުވަމެވެ. އަދި އޮސްޓްރޭލިޔާގެ ވިކްޓޯރިއާ ޕާލަމަންޓް ގައި ވިޒިޓިންގ ޕްރޮފެސަރ ޑރ. ފްރެޑް ފްލެޗަރ، 20 ޖޫން 2007 ގައި ފްރީ އެންޑް ފެއަރ އިލެކްޝަންސް: ރެގިއުލޭޝަންސް ދެޓް އެންޝުއަރ އަ ފެއަރ ގޯ މިމައުޟޫއުގެ މައްޗަށް ދެއްކެވި ވާހަކަފުޅުގެ ލިޔުން ބައްލަވާލެއްވުމަށް ދައުވަތު އަރުވަމެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
Verikan Thaa Abadhah Nimumakah Aee!
ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގާނެ ބަޔަކު ތިބެގެން ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގުމުގެ ދުވަސްތަކުގައި ސިއްކަޖަހާ، ވެރިންގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތްވި ދުވަސްކަމުގައި ތާރީޚުގައި ލިޔެވުނު ދުވަހަކީ 7 އޮގަސްޓް 2008 އެވެ. އެއީ ދިވެހިންނަށް އިސްލާހާއި ޑިމޮކްރަސީގެ ބޭނުންޖެހިގެން ފުޅާދާއިރާއެއްގައި ފެށުނު ހަރަކާތުގެ ފޮނިކާމިޔާބީގެ ފެށުން މާތްﷲ ދިވެހިންނަށް މިންވަރު ކުރެއްވި އުފާވެރި ދުވަހެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މިއަދު އަޅުގަޑުމެން ދެކެމުން މިދަނީ އާސަރުކާރެއް ރައްޔިތުންނަށް ގެނެސްދިނުމުގެ ފުރުޞަތަށް އެދި ރައްޔިތުންގެ ކިބައިން ސަލާންޖަހަމުން ގެންދާ ދިވެހި “ފަހުލަވާނުންތަކެއް” އަތުކުރި އޮޅާލައިގެން އެކަމުގައި ހޭބޯނާރާ އުޅޭތަނެވެ. ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކުގެ ވައުދުތައްވަމުންނެވެ. ކޮންމެ މީހަކުވެސް، ގައުމަށާއި ރައްޔިތުންނަށް ކޮށްދޭނެ ގިނަ އާކަންތައްތަކެއްގެ ވާހަކަދައްކަމުން ގެންދާތަނެވެ. ދެވަނައެއްނެތް ފެންވަރުގައި ލިބިދޭނެ ބައިނަލްއަގުވާމީ ފެންވަރުގެ ބޭސްފަރުވާއާއި ތައުލީމާއި ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތަކާއި މުޅިން އާ އާބާދީތަކުގެ ވާހަކައެވެ. ތަނަވަސްކަމާއި ތިޔާގިކަން ހޯދާދޭނެ ވާހަކައެވެ. ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދޭން ބޭނުންވާ ވާހަކައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެކަމަކު މިމީހުންގެ ވާހަކަތަކަށް ވިސްނާލުމުން ކަންބޮޑުވާންޖެހޭ ކަމެއް އެބަވިސްނެއެވެ. ވެރިކަން ކުރާނެ ވާހަކަ ދައްކާތީއެވެ. ރައްޔިތުންނެއް މިއަދު ވެރިންނެއް ބޭނުމެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކުރާނެ ސަރުކާރެކެވެ. ރައްޔިތުންގެ ބޭނުންތައް ހާސިލުކުރުމުގެ ފުރުސަތުއޮތް އިގުތިސާދީ، އިޖުތިމާއީ، ތައުލީމީ، އިމްރާނީ މާހައުލެއް ބިނާކޮށްދީ؛ ރައްޔިތުންނަކީ ފުދުންތެރި ގާބިލު ރައްޔިތަކަށް ހަދާދޭނެ އިހުލާސްތެރި، އިންސާފުވެރި ސަރުކާރެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ސަލާންޖެހުމާއި އާދޭސްދެންނެވުމާއި ފައިންޕުޅުދުށުމަކީ ވެރިކަމެއްގައި ބިންވަޅުނެގިފައިވާ ސިފަތަކެވެ. ރައްޔިތުންނަށް ޚިދުމަތްކުރަން ރައްޔިތުންހޮވާ ސަރުކާރެއްގެ ސިފަތަކެއް ނޫނެވެ. އެސަރުކާރަކުން ޖެހޭނީ ރައްޔިތުންނަކީ ފުދުންތެރި ގާބިލުބަޔަކަށް ހަދާދޭށެވެ. އިމްރާނީ، އިގުތިސާދީ، އިޖުތިމާއީ ތަރައްގީ ގެންނާނީ ފާގަތިކަމާއި ފުދުންތެރިކަމުން ބާރުވެރިވެފައިތިބި ރައްޔިތުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ސަރުކާރުގެ ވެރިކަން ނިމުމަކަށް އަންނަންޖެހޭނެއެވެ. ނޫންނަމަ، އެތައްއަހަރަކާއި އެތައް މިލިޔަން ހަރަދުކޮށްގެން، ދިވެހިން ހެދި ގާނޫނު އަސާސީގެ ބޭނުމެއް ނެތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
Rayyithunge Baarugai!!! (Dhivehi)
އަޅުގަޑުމެންގެ ސިޔާސީލީޑަރުންނަކީ މީހުންގެ އިހްސާސަތައްއެނގޭ އެއިހްސާސްތަކުން މީހުންގެ ބޭނުންތައް ދެނެގަންނަ، އަދި އެއިހްސާސްތަކަށް އިހުތިރާމްކުރާ، މީހުންގެ އަޑުއަހާ، ރައްޔިތުންގެ ޖަޒުބާތުތަކުގެ ވިންދާއިއެއްގޮތަށް އަމަލުކުރާ، އެޖަޒުބާތުތަކުން ބާރުވެރިވެގެންތިބޭ ބަޔަކަށްވީނަމަ ހާދަރަގަޅުވީހެވެ. މައުމޫނުގެ ކާމިޔާބީގެ ސިއްރަކީ އެއީއެވެ. އަޅުގަޑުމެންނަށް ރަނގަޅުގޮތް ހޯދައިދިނުމަށް ނިކުމެތިބި ސިޔާސީލީޑަރުންނަށްއޮތީ އެކަމާ ހަސަދަވެރިވުމެއްނޫނެވެ. ރައްޔިތުންގެ މީހުންނަށްވުމެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ގުޅުންހުރިޚަބަރު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
Tourism Dhaairaage Muvazzafunge Haggeh neiy! (Dhivehi)
ދިވެހިޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރިމެމްބަރުން ވަކިބަޔެއްގެ މަސްލަހަތު ހިމާޔަތްކުރުމުގެ ގޮތުން ރިޒޯޓުތަކުގައި މަސައްކަތްކުރާމީހުން ވަޒީފާއާއިބެހޭގާނޫނުގެ އެންމެމުހިންމުބާބުން އިސްތިސްނާކޮށްފައިވާކަމަށް ދޭހަވާގޮތަށް ހަބަރެއް ލިޔެފިއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެޓާރނީ ޖެނެރަލްއޮފީހުގެ އިސްފަރާތަކާ ހަވާލާދީ ހަވީރުގައިލިޔެފައިވަނީ, ވަޒީފާއާއިބެހޭ ގާނޫނުގައިވާގޮތުން، އެންމެގިނައިރުވަންދެން މަސައްކަތްކުރުވޭނެ ވަގުތާއި އަރާމުކުރުމަށްޓަކައިދޭ ހުސްވަގުތުތަކުންނާއި އެންމެކުޑައުޖޫރަކަނޑައެޅުމުގެހައްގާއި ވަޒީފާގެ އެއްބަސްވުންހެދުމުގެ ހައްގުންވެސް ރިޒޯޓުތަކުގައި މަސައްކަތްކުރާމީހުން އިސްތިސްނާވާނެކަމަށެވެ. އެމީހުންނަށް އެހައްގެއްނުލިބޭނެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެހިރާއްޖޭގެކުރީގެ އެޓާރނީޖެނެރަލް ވިދާޅުވެފައިވާގޮތުގައި ހައްގަކީތަބަކަށްލާފައިދޭ އެއްޗެއްނޫނެވެ. އެއީހޯދާއެއްޗެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެންމެއަކުރަކާހެދި ހިފާހިފާހަލާކުވާ އިއްޒަތްތެރިމެމްބަރުންގެ ސަމާލުކަން، ރައްޔިތުންގެތެރެއިން މިހާގިނަބަޔަކަށް މިހައްގު ގެއްލުނުކަންމައްޗަށް އައިސްފައިނުވާކަމަށް ދެކެވޭވާހަކަޔަށް، ކުށުންބަރީއަވެގެންވާ ރައްޔިތުންގެމަޖިލީހުގެ އިއްޒަތްތެރިމެމްބަރަކު ރައްދުދެއްވިއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އޭނާވިދާޅުވިކަމަށްވަނީ އެހެންމާއްދާއަކުން އެހައްގުތައްލިބޭނެކަމަށެވެ. އެކަމަކު، މިއަދުގެ ޒަމާނީހަގީގަތްތަކަށް ބަލާއިރު އެކަންސާފުވާނީ ކޯޓުންނެރޭ އަމުރަކުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެހިރާއްޖޭގެމިހާރުގެ އެޓާރނީޖެނެރަލްގެ މައްޗަށް ބަސްވިދާޅުވެވޭގޮތަށް ގާނޫނީހައިސިއްޔަތެއް ލިބިވަޑައިގެން ހުންނެވި، ގާނޫނުއިސްލާހުކުރުމާބެހޭ މިނިސްޓަރުނަޝީދު އޭނާގެ ބުލޮގުގައި ލިޔުއްވާފައިވާގޮތުން، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ހިފެހެއްޓުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. އަޅުގަޑުމެންނަށް ޖެހޭނީ ބަލަންތިބޭށެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ސުވާލަކީ މިފަހަރު ޓޫރިޒަމްދާއިރާގައި މަސައްކަތްކުރާމީހުންގެ ހައްގުގައި ކޯޓަށްދާނީ ކޮންބަޔެއް ހެއްޔެވެ؟ ޑީއާރުޕީ ހެއްޔެވެ؟ އެމްޑީޕީ ހެއްޔެވެ؟ އުމަރުނަސީރުހެއްޔެވެ؟ އިބުރާ ހެއްޔެވެ؟ ތިންމިތުރުން ހެއްޔެވެ؟ ސޫދު ހެއްޔެވެ؟ ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މަޖިލީހުން ވެފައިވާ މިއޮތްބޮޑު ބޭއިންސާފުގެ އަގުދައްކާނީ ކާކުހެއްޔެވެ؟ އެއީވެސް ޑިމޮކްރަސީގެ މަރުހަލާއެއްކަމަށް ނިންމާ ހަމަޖައްސާލާނީހެއްޔެވެ؟ ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
Dhivehi Monster Raving Loony Party! (Dhivehi)
މޮންސްޓަރ ރޭވިންގ ލޫނީ ޕާޓީ ގެ ވާހަކަ ވަރަށްކުރިއްސުރެވެސް އަޅުގަޑު އަޑުއަހަމެވެ. އެޕާޓީގެ ޒައީމުހުންނަނީ ކްލައުނެއްގެ ހެދުން އަޅައިގެންކަމަށް ވިސްނިފައިއޮތުމުން އަޅުގަޑަށް އޭރުފުދެއެވެ. އެކަމަކު ލޫނީޕާޓީ ގެ މައުލޫމާތު އިތުރަށް ހޯދުމުގެ ޝައުގުވެރިކަން އަޅުގަޑަށް އައީ ދިވެހި ލޫނީޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައިއުޅޭ ރައްޓެހިންތަކަކާ އިއްޔެދިމާވުމުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެމީހުން ބުނާގޮތުން އެމީހުންގެ ޕާޓީއަކީ ސިޔާސީ ހަލާލު ވިޔަފާރި ޕާޓީއެވެ. އިނގިރޭސިބަހުންނަމަ، ހަލާލު ޕޮލިޓިކަލް ބިޒިނަސް ޕާޓީއެވެ. އެޕާޓީގެ އުސޫލަކީ ކޮންމެކަމެއް ބިޑުގެ އުސޫލުން ގެންދިޔުމާއި، ހުރިހާމެމްބަރުންގެ ހަމަހަމަކަން އޮތުމާއި، ޕާޓީއަށްލިބޭ ހުރިހާއާމްދަނީއެއް މެމްބަރުންގެ މެދުގައި ހަމަޔަށް ބެހުމާއި، ޕާޓީގެ ނިންމުންތައް ނިންމުމުގެ ފަހުބަސްކިޔުމުގެ ބާރު ބައިނަލްއަގުވާމީ އެކައުންޓުފާމަކަށް ދިނުމާއި، ސިޔާސީގޮތުން ލިބެންއޮތް ވިޔަފާރީގެ ކޮންމެފުރުސަތެއް ހޯދުމުގެ މަސައްކަތް ކުރުމާއި، ސިޔާސީއެއްވެސް މަގާމަކަށް ކުރިމަތިނުލުމާއި، ހަރަދެއްނުކޮށް ފައިސާލިބެންއޮތް ކޮންމެގޮތަކަށް ސިޔާސީވިޔަފާރި ކުރުންކަމުގައި އަޅުގަޑާ ކޮފީބޯތަކުން އިށީންމޭޒުގައި ތިބިރައްޓެހިން ބުންޏެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މޮންސްޓަރ ރޭވިން ލޫނީ ޕާޓީ ގެ މެނިފެސްޓޯ ބައްލަވާލައްވާ! ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
How about a foreign flag at the Jumhooree Maidhaan? (Dhivehi)
މެޒޯމުހައްމަދުގެ އެންމެފަހުގެ ލަވައަލްބަމް “ލިސްން” ގެ ވާހަކަޔާއިގެން މުހައްމަދު ޓީވީމޯލްޑިވްސްގެ ހުކުރުދުވަހުގެ ހެއްޔަންބޯ ޝޯއަށް އެރުމުން، އެޝޯވ ގައި މެޒޯމުހައްމަދާއި ކުރި ސުވާލަކަށް ޖަވާބުދެމުން މުހައްމަދު ބުނިބަހަކީ، މުހަންމަދަށް އަޅުގަޑުކުރާ ގަދަރު އިތުރުވެގެންދިޔަ ވާހަކައެކެވެ. ވަރަށްކުރިއްސުރެވެސް، މުހަންމަދުގެ ލަވަކިޔުމުގެ ފަންނުގެ މަސައްކަތަށް އަޅުގަޑުގެ ހިތުގައި އިހުތިރާމާއި ގަދަރުއުފެދިފައިވެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އާދެ މުހަންމަދުގެ ބަހަކީ، މާލެއަރާއިރު ޖުމްހޫރީމައިދާނުގައި މިހުންނަ ދިދަދނޑިއަށް ބޭރުގައުމެއްގެ ދިދަޔެއް ނަގާފައިހުންނަކަމަށްވާނަމަ ހިތަށްކުރާނެ އަސަރު، ދިވެހިރޭޑިޔޯ ހުޅުވާލާއިރު ކިޝޯރުކުމާރާއި މައިކަލްޖެކްސަންގެ ވާހަކަ ހަމަކޮންމެފަހަރަކު އަޑުއިވޭގޮތްވުމުން، އޭނާގެ ހިތަށްކުރާކަމަށެވެ. ހާދަހާވާބޮޑު ތެދެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެކަމަކު، ހަމަކުޑައިރުކޮޅެއްފަހުން ނުޒައިރު ދެން ސުވާލުކުރީ، އެއަލްބަމުގެ ނަމަކަށް ބޭރުބަހެއް އިނުމުން ކުރިން ބުނިއެއްޗަކާ އެއްބަސްވެވެންނެތްކަމަށެވެ. އެވާހަކަޔަށް މުހަންމަދު ވަރަށް ސާފުޖަވާބެއް ދިނެވެ. އޭތް، އޯތް، އަޑުއަހާބަލަ! މިފަދަ ދިގުގޮތަކަށް ބުނުމުގެ ބަދަލުގައި ކުރުކޮށް ހިތުގައިއޮތްއެއްޗެއް ހާމަކޮށްލުމަށް ބޭނުންކުރި ނަމެއްކަމުގައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެހިންނަށްވީތީ، މިހާފަހުރުވެރިވާ ގައުމުގެ ޓީވީ ސްޓޭޝަނަށްވެސް މިކިޔަނީ ޓެލެވިޒަންމޯލްޑިވްސް އެވެ. ދިޓީވީ ދިވެހިޓީވީ ނުވަތަ ދިވެހިރާއްޖޭގެ ޓީވީ އެއްވެސް ނޫނެވެ. ނަމަކީ އަދި އެހެންކަމެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
“ލިސްން” އަލްބަމް ވެގެންދާނީ ހަމަޔަގީނުންވެސް އަނެއްކާވެސް ދިވެހިންނަށް ރީތިނަންލިބޭނެ ދިވެހިމޮޅު އުފެއްދުމަކަށެވެ. މެޒޯމުހަންމަދަށް ވަރަށް ހޫނުމަރުހަބާއެއް ކިޔަމެވެ! ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
Benku Khidhumathuge Vaahaka ….! (Dhivehi)
އަޅުގަޑު ދިވެހިރާއްޖޭގެ ގައުމީބޭންކު ކަމުގައިވާ “ބެންކް އޮފް މޯލްޑިވްސް” ގެ ހެޑްއޮފީހަށް ގުޅީ ކުޑަލޯނެއް ހޯދުމަށެވެ. އެއީ އަޅުގަޑުގެ ކޮއްކޮމެން ގެ ހަދަންވެގެން، ގެހެދުމަށް ހޭދަވާނެކަމަށް އަޅުގަޑުމެންބެލި އަށާރަމަސްދުވަހުގެ ތެރެއިން ހަމަސްދުވަހު ތަނެއްކުއްޔަށްހިފުމަށް ހިގާނެޚަރަދު އެކަމަށްލިބިފައިވާ ފައިސާއިން ދެކޮޅުޖެހެން ނެތުމުންނެވެ. ގެހެދުމަށް ބަޔަކަށް ދޫކުރި އެއްބަސްވުން ހެދިއިރު ހުރިވަރުގެ ގާތްގަޑަކަށް ދެގުނަޔާކައިރި މިންވަރަކަށް ތަންތަނުގެކުލި މައްޗަށް ގޮސްފައިވާތީއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެހެންކަމުން، ގެހަދާދީފައި ދެބުރިއެމީހުން ބޭނުންކުރުމަށްފަހު، އެހެންބުރިތައް އަޅުގަޑުމެން ބޭނުންކުރާގޮތަށް ގެހަދައިދޭން ތަނާއިހަވާލުވިމީހުންގެ އަތުން، އެއްބަސްވުމުގައި އޮތްވަރަށްވުރެ އިތުރަށް އެމީހުންއަތުން ފައިސާނުހޯދާ ބެންކުން ލިބިދާނެތޯ ބެލުމަށް އަޅުގަޑުމެން ބޭނުންވީއެވެ. ކަންދިމާވާގޮތުން، އަޅުގަޑުގެ ކޮއްކޮމެންގެ އަދި އެހެންބިންކޮޅެއްވެސް މާލޭގައި އޮތުމާއި އެތަނުގައި އިމާރާތެއްކޮށް ބަޔަކަށް ކުއްޔަށްވެސް ދީފައި ހުރުމާއެކުގައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަޅުގަޑު ބެންކަށްގުޅާ، ކަމާބެހޭގޮތުން ގުޅަންޖެހޭނީ ކޮންމުވައްޒަފަކާތޯ ބެލީމެވެ. ކޮންމެއަކަސް އެތައްފަހަރަކުގުޅާ އޭނަޔާއި ނުގުޅިގެން އުޅެމުންގޮސް އެންމެފަހުން އެކަމާގުޅޭ އެހެންމުވައްޒަފަކާ ވާހަކަދެއްކީމެވެ. އޭނާއަށް މިހުރިހާވާހަކައެއް ކިޔާދިނުމުން ބުނީ ބެންކުން ލޯނުދޫކުރަނީ ގެއިމާރާތްކުރުމަށްކަމަށެވެ. އަޅުގަޑުމެން މިބޭނުންވެގެންއުޅޭ ކަންތައްތަކަށް ލޯނުދޭގޮތަށް ހަމަޖެހިފައިނެތްކަމަށެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ކޮލެޓަރަލްގެ ގޮތުގައި މިހާރުވެސް ކުޑަކުއްޔަކަށް ދޫކޮށްފައިވާ ބިންކޮޅެއް އޮތްކަމުގައިވިޔަސް، ގެހެދުމަށްޓަކައި ކުރުމުއްދަތަކަށް ތަނެއްގައި ތިބުމަށް ކުލިދެއްކުމަށްޓަކައި އަޅުގަޑުމެންނަށް އިތުރަށްބޭނުންވި އެއްލައްކަރުފިޔާ ބެންކުން ނުލިބޭނެކަމަށް ބުނުމުން އަޅުގަޑު ހަމަ އަންތަރީސްވިއެވެ. އެކަމާ ހިތްހަމަނުޖެހިގެން ވާހަކަދެއްކުމުން، އެމުވައްޒަފުބުނީ ކިތަންމެހިތްހަމަނުޖެހުނަސް ކުރާނެކަމެއްނެތްކަމާއި އެކަމަކީ މެނެޖްމަންޓުގެ ނިންމުމެއް ކަމަށެވެ. އެހެންވުމުން އެކަމާހިތްހަމަނުޖެހިގެން، ބޭންކްއޮފްމޯލްޑިވްސްގެ ވެބްސައިޓަށްގޮސް އެތަނަށްފޮނުވި ޝަކުވާއަށް އަދި ޖަވާބެއްނުލިބެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެދުވަހު އަޅުގަޑު ހިތަށްއެރިއެވެ. ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާގެ އެގްޒެކެޓިވްކޮމިޓީގައި އަޅުގަޑުވޭތުކުރި ހަތަރުއަހަރު ދުވަހު ދިމާވި ކުދިވިޔަފާރިވެރިންނާއި އަންހެންވިޔަފާރިވެރިން، އެމީހުންގެ ހާލުބަޔާންކުރުމަށް ނުހަނު ހިތްދަތިކަމާއިއެކު ދެއްކިވާހަކަތަކަކީ ތެދުވާހަކަތަކެއްކަން އިތުރަށް ގަބޫލުކުރެވުނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އާދެ، ދިވެހިބެންކަކީ ގައުމީބެންކެއް ނޫންކަމެވެ. އެއީ ވަރަށް ފޯކަސްޑް ކޮމާޝަލްބެންކެއްކަމެވެ. އަދި ދިވެހިރާއްޖެއަށް ގައުމީބެންކެއް ބޭނުންވާކަމުގެ ފުންއިހުސާސްކުރެވުނެވެ. މިފިކުރުއިތުރަށް ވަރުގަދަވެގެންދިޔައީ މިއަދުގެ “މިއަދު” ނޫސް ކިޔާލުމުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
How I feel….! (Dhivehi)
އަޅުގަޑުމެން ދިރިދުނިޔޭގައި އުޅޭ ކޮންމެދުވަހަކީ އަޅުގަޑުމެން ކޮންމެމީހަކުވެސް ތަފާތު އެތައް އިހުސާސްތަކެއް ތަޖުރިބާކުރާ ދުވަހެކެވެ. އަޅުގަޑުމެންގެ ކުރިމަގުގެ ދުޅަހެޔޮކަމާއި ހަމަޖެހުން ބިނާވެފައި އޮންނަނީ އެއިހުސާސްތަކުގެ މައްޗަށެވެ. އަޅުގަޑުމެން ހޭލާތިބޭވަގުތު އަޅުގަޑުމެންބައިވެރިވާ ކޮންމެހާދިސާއެއްގެ – އާދެ، އަޅުގަޑުމެން ކޮންމެމީހެއްގެ ފިކުރާއިބަހާއިއަމަލުގެ މިސްރާބުހިފަނީ އެއިހުސާސްތަކުން އުފެދޭ ޖަޒުބާތުތަކުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އިންސާނުންނާއި ޖަނަވާރުންގެ ތަފާތަކީ، މިއިހްސާސްތަކުގެ މައްޗަށް ބާރުފޯރުވުމާއި، އެއިހްސާސްތަކުން އުފެދޭޖަޒުބާތުތަކުގެ ހުންގާނު ހިފުމުގެ ކުޅަދާނަކަން ލިބިގެންވާ ދިރޭތަކެތިކަމުގައި އަޅުގަޑުމެންވުމެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މިޕޯސްޓުލިޔަން މިއިންހިނދުކޮޅުވެސް އަޅުގަޑު މިއިނީ ވަރަށްބޮޑު ހިތްހަމަނުޖެހުމުގެ އިހްސާސެއްގެ ތެރޭގައެވެ. އަޅުގަޑުދެކޭގޮތުގައި ކޮންމެހެންކުރަންޖެހޭ ކަމެއްގެ ވާހަކަ ފޯނުކޮށްފައި ބޭފުޅަކަށް ދެންނެވުމުން، އެއީ އެއްވެސް ބޭނުމެއް އޮތްކަމެއްނޫންކަމުގައި އެބޭފުޅާ ވިދާޅުވުމުން އުފެދުނު ހިތްހަމަނުޖެހުމުގެ އިހުސާސެވެ. އަޅުގަޑުގެ ބުއްދިއަށް ފެންނަގޮތުގައި އަޅުގަޑު ވިސްނާގޮތް އެއީ އެންމެރަގަޅުގޮތްކަމުގައި އަޅުގަޑަށް ގަބޫލުކުރެވޭތީއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މިއިހުސާސް ދެންބަދަލުވުން އެންމެގާތީ ބަދަލުހިފުމުގެ ނުވަތަ ދެކޮޅުހެދުމުގެ ޖަޒުބާތަކަށެވެ. ދެން އެންމެފުރަތަމަ އަޅުގަޑު ބައިވެރިވާ ހާދިސާއެއްގެތެރެއިން އަޅުގަޑުގެ މިޖަޒުބާތު ފާޅުވެގެންދިޔުމަކީ އިންސާނީ ތަބީއަތެވެ. އެހެންނަމަވެސް، ޖަނަވާރަކަށްވުމުގެ ބަދަލުގައި އިންސާނަކަށްވީތީ، މިއިހުސާސްކޮންޓްރޯލުކޮށް އަޅުގަޑަށް ކުރެވެމުންމިދާ އިހުސާސުން އުފެދޭޖަޒުބާތު ފާޅުވެގެންދާނެގޮތުގެ މައްޗަށް ބާރުފޯރުވުމުގެ ކުޅަދާނަކަން އަޅުގަޑަށް ލިބިގެންވެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ތިމާގެ އިހުސާސްތަކުން އުފެދޭ ޖަޒުބާތަކީ ތިމާގެ ބާރުގެ ދަށުގައިވާ އެއްޗެއްކަން ދަންނަމީހާއާއި އެކަންނުދަންނަމީހާ ދުނިޔޭގައި އުޅޭއިރު ކުރާތަޖުރިބާ ވަރަށް ތަފާތެވެ. އެކަމުގެ ހޭލުންތެރިކަމާއި ދަތުންނެތުމުގެ ސަބަބުން އެހެންމީހުންނާއިއެކު ހަމަޖެހިގެންއުޅުމާއި އުފަލާއިހިތްހަމަޖެހުމުން އަދި އިންސާނާގެ ނަފުސަށް އެންމެބޮޑަށް ބޭނުންވާ ހިތްހަމަޖެހުމާއި ހެޔޮއެދުމުގެ ޝުއޫރުތަކުން އެމީހާ ތާއަބަދަށް މަހުރޫމުވެއެވެ. މިއީ އިންސާނީ ހަގީގަތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަޅުގަޑު މޭޒުދޮށުން ތެދުވެގެންދާއިރު، އަޅުގަޑުގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމާއި އަޅުގަޑުގެ ހިތުގައިވާ ހިތްހެޔޮކަމަކީ އަޅުގަޑުގެ އަމިއްލަ އުފެއްދުމެކެވެ. އެއީ އަޅުގަޑު ބޭނުންނުވާނަމަ، އެހެންމީހަކަށް ބާރުފޯރުވޭނެ އެއްޗެއްނޫނެވެ. އަދި އަޅުގަޑުގެ ޖަޒުބާތުތަކުގެ ލަގަން އޮންނާނީ އަޅުގަޑުގެ މުށުތެރޭގައެވެ. އެޖަޒުބާތުތަކުން އަޅުގަޑުގެ އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށް ހުރަސްއެޅޭނެ ކޮންމެޖަޒުބާތެއް ފަސްޖައްސާލުމުގެ ބާރު އަޅުގަޑު ހޯދާނަމެވެ. އިންސާނަކަށްވުމުގެ ހިތްގައިމުކަމަކީ އެއީއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
Dhivehinnnah heyo budhiyaai dhuruvisnun mivanarukuravvaashi!
Share this:
Like this:
Posted by Smile Shihab on September 21, 2008 in Comments and Opionion, Democracy nd Reform, Presidential Election 2008, Presidential Race 2008, Thaana