RSS

How I feel….! (Dhivehi)

22 May

އަޅުގަޑުމެން ދިރިދުނިޔޭގައި އުޅޭ ކޮންމެދުވަހަކީ އަޅުގަޑުމެން ކޮންމެމީހަކުވެސް ތަފާތު އެތައް އިހުސާސްތަކެއް ތަޖުރިބާކުރާ ދުވަހެކެވެ. އަޅުގަޑުމެންގެ ކުރިމަގުގެ ދުޅަހެޔޮކަމާއި ހަމަޖެހުން ބިނާވެފައި އޮންނަނީ އެއިހުސާސްތަކުގެ މައްޗަށެވެ. އަޅުގަޑުމެން ހޭލާތިބޭވަގުތު އަޅުގަޑުމެންބައިވެރިވާ ކޮންމެހާދިސާއެއްގެ – އާދެ، އަޅުގަޑުމެން ކޮންމެމީހެއްގެ ފިކުރާއިބަހާއިއަމަލުގެ މިސްރާބުހިފަނީ އެއިހުސާސްތަކުން އުފެދޭ ޖަޒުބާތުތަކުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އިންސާނުންނާއި ޖަނަވާރުންގެ ތަފާތަކީ، މިއިހްސާސްތަކުގެ މައްޗަށް ބާރުފޯރުވުމާއި، އެއިހްސާސްތަކުން އުފެދޭޖަޒުބާތުތަކުގެ ހުންގާނު ހިފުމުގެ ކުޅަދާނަކަން ލިބިގެންވާ ދިރޭތަކެތިކަމުގައި އަޅުގަޑުމެންވުމެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މިޕޯސްޓުލިޔަން މިއިންހިނދުކޮޅުވެސް އަޅުގަޑު މިއިނީ ވަރަށްބޮޑު ހިތްހަމަނުޖެހުމުގެ އިހްސާސެއްގެ ތެރޭގައެވެ. އަޅުގަޑުދެކޭގޮތުގައި ކޮންމެހެންކުރަންޖެހޭ ކަމެއްގެ ވާހަކަ ފޯނުކޮށްފައި ބޭފުޅަކަށް ދެންނެވުމުން، އެއީ އެއްވެސް ބޭނުމެއް އޮތްކަމެއްނޫންކަމުގައި އެބޭފުޅާ ވިދާޅުވުމުން އުފެދުނު ހިތްހަމަނުޖެހުމުގެ އިހުސާސެވެ. އަޅުގަޑުގެ ބުއްދިއަށް ފެންނަގޮތުގައި އަޅުގަޑު ވިސްނާގޮތް އެއީ އެންމެރަގަޅުގޮތްކަމުގައި އަޅުގަޑަށް ގަބޫލުކުރެވޭތީއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މިއިހުސާސް ދެންބަދަލުވުން އެންމެގާތީ ބަދަލުހިފުމުގެ ނުވަތަ ދެކޮޅުހެދުމުގެ ޖަޒުބާތަކަށެވެ. ދެން އެންމެފުރަތަމަ އަޅުގަޑު ބައިވެރިވާ ހާދިސާއެއްގެތެރެއިން އަޅުގަޑުގެ މިޖަޒުބާތު ފާޅުވެގެންދިޔުމަކީ އިންސާނީ ތަބީއަތެވެ. އެހެންނަމަވެސް، ޖަނަވާރަކަށްވުމުގެ ބަދަލުގައި އިންސާނަކަށްވީތީ، މިއިހުސާސްކޮންޓްރޯލުކޮށް އަޅުގަޑަށް ކުރެވެމުންމިދާ އިހުސާސުން އުފެދޭޖަޒުބާތު ފާޅުވެގެންދާނެގޮތުގެ މައްޗަށް ބާރުފޯރުވުމުގެ ކުޅަދާނަކަން އަޅުގަޑަށް ލިބިގެންވެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ތިމާގެ އިހުސާސްތަކުން އުފެދޭ ޖަޒުބާތަކީ ތިމާގެ ބާރުގެ ދަށުގައިވާ އެއްޗެއްކަން ދަންނަމީހާއާއި އެކަންނުދަންނަމީހާ ދުނިޔޭގައި އުޅޭއިރު ކުރާތަޖުރިބާ ވަރަށް ތަފާތެވެ. އެކަމުގެ ހޭލުންތެރިކަމާއި ދަތުންނެތުމުގެ ސަބަބުން އެހެންމީހުންނާއިއެކު ހަމަޖެހިގެންއުޅުމާއި އުފަލާއިހިތްހަމަޖެހުމުން އަދި އިންސާނާގެ ނަފުސަށް އެންމެބޮޑަށް ބޭނުންވާ ހިތްހަމަޖެހުމާއި ހެޔޮއެދުމުގެ ޝުއޫރުތަކުން އެމީހާ ތާއަބަދަށް މަހުރޫމުވެއެވެ. މިއީ އިންސާނީ ހަގީގަތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަޅުގަޑު މޭޒުދޮށުން ތެދުވެގެންދާއިރު، އަޅުގަޑުގެ މޫނުމަތިން ފެންނަންހުރި ހިނިތުންވުމާއި އަޅުގަޑުގެ ހިތުގައިވާ ހިތްހެޔޮކަމަކީ އަޅުގަޑުގެ އަމިއްލަ އުފެއްދުމެކެވެ. އެއީ އަޅުގަޑު ބޭނުންނުވާނަމަ، އެހެންމީހަކަށް ބާރުފޯރުވޭނެ އެއްޗެއްނޫނެވެ. އަދި އަޅުގަޑުގެ ޖަޒުބާތުތަކުގެ ލަގަން އޮންނާނީ އަޅުގަޑުގެ މުށުތެރޭގައެވެ. އެޖަޒުބާތުތަކުން އަޅުގަޑުގެ އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށް ހުރަސްއެޅޭނެ ކޮންމެޖަޒުބާތެއް ފަސްޖައްސާލުމުގެ ބާރު އަޅުގަޑު ހޯދާނަމެވެ. އިންސާނަކަށްވުމުގެ ހިތްގައިމުކަމަކީ އެއީއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
 
Comments Off on How I feel….! (Dhivehi)

Posted by on May 22, 2008 in Positive Values, Service, Thaana

 

Comments are closed.

 
%d bloggers like this: