RSS

Verikan Thaa Abadhah Nimumakah Aee!

09 Sep

ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގާނެ ބަޔަކު ތިބެގެން ރައްޔިތުންގެ މައްޗަށް ވެރިކަން ހިންގުމުގެ ދުވަސްތަކުގައި ސިއްކަޖަހާ، ވެރިންގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތްވި ދުވަސްކަމުގައި ތާރީޚުގައި ލިޔެވުނު ދުވަހަކީ 7 އޮގަސްޓް 2008 އެވެ. އެއީ ދިވެހިންނަށް އިސްލާހާއި ޑިމޮކްރަސީގެ ބޭނުންޖެހިގެން ފުޅާދާއިރާއެއްގައި ފެށުނު ހަރަކާތުގެ ފޮނިކާމިޔާބީގެ ފެށުން މާތްﷲ ދިވެހިންނަށް މިންވަރު ކުރެއްވި އުފާވެރި ދުވަހެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މިއަދު އަޅުގަޑުމެން ދެކެމުން މިދަނީ އާސަރުކާރެއް ރައްޔިތުންނަށް ގެނެސްދިނުމުގެ ފުރުޞަތަށް އެދި ރައްޔިތުންގެ ކިބައިން ސަލާންޖަހަމުން ގެންދާ ދިވެހި “ފަހުލަވާނުންތަކެއް” އަތުކުރި އޮޅާލައިގެން އެކަމުގައި ހޭބޯނާރާ އުޅޭތަނެވެ. ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކުގެ ވައުދުތައްވަމުންނެވެ. ކޮންމެ މީހަކުވެސް، ގައުމަށާއި ރައްޔިތުންނަށް ކޮށްދޭނެ ގިނަ އާކަންތައްތަކެއްގެ ވާހަކަދައްކަމުން ގެންދާތަނެވެ. ދެވަނައެއްނެތް ފެންވަރުގައި ލިބިދޭނެ ބައިނަލްއަގުވާމީ ފެންވަރުގެ ބޭސްފަރުވާއާއި ތައުލީމާއި ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތަކާއި މުޅިން އާ އާބާދީތަކުގެ ވާހަކައެވެ. ތަނަވަސްކަމާއި ތިޔާގިކަން ހޯދާދޭނެ ވާހަކައެވެ. ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދޭން ބޭނުންވާ ވާހަކައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެކަމަކު މިމީހުންގެ ވާހަކަތަކަށް ވިސްނާލުމުން ކަންބޮޑުވާންޖެހޭ ކަމެއް އެބަވިސްނެއެވެ. ވެރިކަން ކުރާނެ ވާހަކަ ދައްކާތީއެވެ. ރައްޔިތުންނެއް މިއަދު ވެރިންނެއް ބޭނުމެއް ނޫނެވެ. ރައްޔިތުން ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކުރާނެ ސަރުކާރެކެވެ. ރައްޔިތުންގެ ބޭނުންތައް ހާސިލުކުރުމުގެ ފުރުސަތުއޮތް އިގުތިސާދީ، އިޖުތިމާއީ، ތައުލީމީ، އިމްރާނީ މާހައުލެއް ބިނާކޮށްދީ؛ ރައްޔިތުންނަކީ ފުދުންތެރި ގާބިލު ރައްޔިތަކަށް ހަދާދޭނެ އިހުލާސްތެރި، އިންސާފުވެރި ސަރުކާރެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ސަލާންޖެހުމާއި އާދޭސްދެންނެވުމާއި ފައިންޕުޅުދުށުމަކީ ވެރިކަމެއްގައި ބިންވަޅުނެގިފައިވާ ސިފަތަކެވެ. ރައްޔިތުންނަށް ޚިދުމަތްކުރަން ރައްޔިތުންހޮވާ ސަރުކާރެއްގެ ސިފަތަކެއް ނޫނެވެ. އެސަރުކާރަކުން ޖެހޭނީ ރައްޔިތުންނަކީ ފުދުންތެރި ގާބިލުބަޔަކަށް ހަދާދޭށެވެ. އިމްރާނީ، އިގުތިސާދީ، އިޖުތިމާއީ ތަރައްގީ ގެންނާނީ ފާގަތިކަމާއި ފުދުންތެރިކަމުން ބާރުވެރިވެފައިތިބި ރައްޔިތުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ސަރުކާރުގެ ވެރިކަން ނިމުމަކަށް އަންނަންޖެހޭނެއެވެ. ނޫންނަމަ، އެތައްއަހަރަކާއި އެތައް މިލިޔަން ހަރަދުކޮށްގެން، ދިވެހިން ހެދި ގާނޫނު އަސާސީގެ ބޭނުމެއް ނެތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
 

One response to “Verikan Thaa Abadhah Nimumakah Aee!

  1. Anonymous

    September 9, 2008 at 1:18 pm

    according to the amended or revised or new constitution , president cannot do much , parliment and institutions bear the responsibility of serving the citizens of Maldives.So i request all candidates to thoroughly read the constitution before making any promises or presenting a manifesto!!!!!!Aneh Raajje (Bidi embrey raajje)

     
 
%d bloggers like this: