RSS

President Next …… Hassan! (Dhivehi)

09 May

ދިވެހިރައްޔިތުންގެޕާޓީ ގެ ޒައީމް އަލްއުސްތާޛު މައުމޫނު އަބްދުލްގައްޔޫމް، ރޭބޭއްވި އެޕާޓީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިގޮތުގައި ރައްޔިތުންގެ ހާއްސަމަޖިލީހުން ޑްރާފްޓްކޮށް ނިންމާފައިވާ ދިވެހިންގެ އާގާނޫނުއަސާސީ ވަރަށްއަވަހަށް އެމަނިކުފާނު ތަސްދީގުކުރައްވާނެއެވެ. އަދި މިއީ ދިގުލައިގެންދިޔަ ގާނޫނުއަސާސީއެކުލަވާލުމުގެ މަރުހަލާތަކަށްވުރެ މާއަވަސްހަލުއިކަންމަތީ ނިމިގެންދާނެ މަރުހަލާއެއްކަމުގައި އެމަނިކުފާނުވިދާޅުވިކަމަށްވެއެވެ. މިއީ ދިވެހިރައްޔިތުންނާ މަހަކުއެއްފަހަރު ރޭޑިއޯމެދުވެރިކޮށް ބައްދަލުކުރައްވާނެކަމަށް އެމަނިކުފާނުވެވަޑައިގެންނެވި ވައުދުމުގުރާލެއްވުމަށްފަހު، އެމަނިކުފާނުގެ ޕާޓީގެ ޖަލްސާއެއްމެދުވެރިކުރައްވާ ގައުމާއި މުހާތަބުކުރެއްވި ފުރަތަމަފަހަރެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ސުވާލަކީ، މިހާއަވަސްއަރައިގެން ކުރައްވާ ކޮންމެކަމަކުން ގޯސްހެއްދެވޭކަން ޒައީމް/ރައީސް މައުމޫނަށް އެނގިވަޑައިގަންނަވާނީ ކޮންއިރަކުންބާވައެވެ. ސަރުކާރުމުވައްޒަފުންނަކީ ރައްޔިތުންނަށް ހިދުމަތްކުރާ ބަޔަކަށް ހެދުމުގެ މަތިވެރިނިޔަތުގައި ރައްޔިތުންގެމަޖިލީހުން ދިވެހިންނަށް ގެނެސްދިން ސިވިލްސާވިސް ގާނޫނުގެ ދަށުން އުފެދިގެންދިޔަ ސިވިލްސާވިސް ކޮމިޝަނާއި ގާނޫނުންބާރުލިބިގެން އެކޮމިޝަނުން ނިންމާ ނިންމުންތަކަކީ ގާނޫނުއަސާސީއާއިޚިލާފު ނިންމުންތަކެއްކަމުގައި ދައުވާކުރައްވަނީ ޒައީމުގެޕާޓީގެ އިސްސަފުންނެވެ. އެކޮމިޝަން މިހާރު ވެފައިމިވަނީ ރައީސަށާއި ޑީއާރުޕީއަށް އޮތް ބޮޑުމައްސަލައަކަށެވެ. ސަރުކާރުހިންގަންތިބެގެން ސަރުކާރުގޮވައިގެންކޯޓަށް ދިއައިމާ އެވާގޮތެއް އާންމުންނަށް ބަލައިގަންނަން އުދަގޫވާނެއެވެ. އެކަން އެގޮތަށް ހިނގާފައިވަނީ އޭރުގެ ބަންޑާރަނައިބު ހަސަންސައީދު ދެއްވި ލަފަޔަކާއިގުޅިގެން އެގާނޫނު ތަސްދީގުކުރެއްވުމުންކަމުގައި ސަރުކާރުގެ އިސްމަސްއޫލުވެރިޔަކު އަޅުގަޑުގާތު ވިދާޅުވިއެވެ. އެއީ މައުމޫނު ވައްޓާލުމަށް އޭނާދެއްވި ލަފައެއްކަމުގައި ދޭހަވާ މޭރުމުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ސިވިލްސާވިސްގެ ގާނޫނު މަޖިލީހުގައި ކިޔަމުންދިޔައިރު، އޭގައިހުރި ބޮޑެތި ފުށުއެރުންތަކެއް ސަރުކާރުގެ ސީނިޔަރުބައެއްބޭފުޅުންނަށް އަޅުގަޑު ދެންނެވީމެވެ. އެބޭފުޅުން ވިދާޅުވީ ބަހުސުގެމަރުހަލާނިމިގެންދާއިރު އެކަންކަން ރަގަޅުވާނެކަމަށެވެ. ދެން ތަސްދީގުކުރުމުގެ މަރުހަލާގައި އޭރުހުރިބައެއް ބޮޑެތިމައްސަލަތައް ދެންނެވުމުން ސަރުކާރުގެ އިސްމަސްއޫލުވެރިޔަކު ވިދާޅުވީ، ސިޔާސީގޮތުން މިވަގުތު އެބިލުތަސްދީގުކުރެއްވުން ރައީސަށް މުހިންމުކަމަށެވެ. މާނައަކީ އެއީ ނާޒިމް ހުށަހެޅުއްވިބިލަކަށްވެފައި ތަސްދީގުކުރުމުގެ މަރުހަލާގައި އަނބުރާ ފޮނުވާލައްވައިފިނަމަ، ޕީއޭއަށްމިހާރުނިސްބަތްވާ ޕާލަމެންޓޭރިއަނުންގެ ފަރާތުން ސަރުކާރަށް ބޮޑެތިމައްސަލަތަކެއް ކުރިމަތިވެދާނެކަމަށެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މިހާރު އަވަސްއަރައިގަނެގެން ތަސްދީގުކުރެއްވުމުގެ ޝައުގުވެރިކަމުގައި ރައީސްމިއުޅުއްވާ އާގާނޫނުއަސާސީއަކީ އެމަނިކުފާނުގެ ވެރިކަމުގައި ސިއްކަޖެހުމަށް ހަސަންސައީދު ރާވާފައިވާރޭވުން ތަންފީޒުކުރުކުރުމަށް އެމަނިކުފާނުގެ ސަރުކާރުގައި އަދިވެސް ދެމިހުރި ސިއްރުވެރިއެއްގެ ހިކުމަތްތެރި ރޭވުންކަމުގައި ނުވެދާނެބާވައެވެ. ހަސަންސައީދު ބަންޑާރަނައިބަކަށް ހުންނެވިއިރު، މުޅިންމަސައްކަތްކުރައްވާފައިވަނީ އިހުލާސްތެރިކަމެއްނެތި އަމިއްލައަށް ވެރިކަންފިރުކައިގަތުމަށް މަގުފަހިކުރުމަށްކަމުގައި އެކަމުގެތެރޭގައި އުޅުއްވިބޭފުޅުންނާއި ސިޔާސީގޮތުން ބަހުސުކުރާމީހުން އަޅުގަޑުގާތު ބުނެފައިވެއެވެ. އެއީ ހަގީގަތެއްކަމުގައިވާނަމަ، ހަސަންގެ ހިކުމަތްތެރިކަމުގެ އާދަޔާހިލާފުކަމާމެދު އެއްބަސްވާންޖެހެއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް ވާސިލުވުމަށްޓަކައި ސަރުކާރުން ނިކުންނައިރު، ސަރުކާރާއި ސަރުކާރު ހިންގާޕާޓީގައި އޭނާގެ ސިއްރުވެރިން، ނުފޫޒުގަދަ ހިސާބުތަކުގައި ތިބޭނެކަން ޔަގީނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
 

One response to “President Next …… Hassan! (Dhivehi)

  1. moyameehaa

    May 9, 2008 at 9:10 pm

    hassan is the only choice i have now.so my vote is probably for him. the new maldives have contributed a lot to the reform process..even from within the gayom government. my vote is certainly not for ex corrupt and dumped politicians or power hungry businessmen, or people like anni and umar naseer…hassan might have some things in his life and political career which people who oppose him could point out. but i dont see many such things. and even if there is..i still feel he is the one, given the choices we have now…plus he is educated and from what i have read here …a mastermind.

     
 
%d bloggers like this: