އަޅުގަޑު ދިވެހިރާއްޖޭގެ ގައުމީބޭންކު ކަމުގައިވާ “ބެންކް އޮފް މޯލްޑިވްސް” ގެ ހެޑްއޮފީހަށް ގުޅީ ކުޑަލޯނެއް ހޯދުމަށެވެ. އެއީ އަޅުގަޑުގެ ކޮއްކޮމެން ގެ ހަދަންވެގެން، ގެހެދުމަށް ހޭދަވާނެކަމަށް އަޅުގަޑުމެންބެލި އަށާރަމަސްދުވަހުގެ ތެރެއިން ހަމަސްދުވަހު ތަނެއްކުއްޔަށްހިފުމަށް ހިގާނެޚަރަދު އެކަމަށްލިބިފައިވާ ފައިސާއިން ދެކޮޅުޖެހެން ނެތުމުންނެވެ. ގެހެދުމަށް ބަޔަކަށް ދޫކުރި އެއްބަސްވުން ހެދިއިރު ހުރިވަރުގެ ގާތްގަޑަކަށް ދެގުނަޔާކައިރި މިންވަރަކަށް ތަންތަނުގެކުލި މައްޗަށް ގޮސްފައިވާތީއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެހެންކަމުން، ގެހަދާދީފައި ދެބުރިއެމީހުން ބޭނުންކުރުމަށްފަހު، އެހެންބުރިތައް އަޅުގަޑުމެން ބޭނުންކުރާގޮތަށް ގެހަދައިދޭން ތަނާއިހަވާލުވިމީހުންގެ އަތުން، އެއްބަސްވުމުގައި އޮތްވަރަށްވުރެ އިތުރަށް އެމީހުންއަތުން ފައިސާނުހޯދާ ބެންކުން ލިބިދާނެތޯ ބެލުމަށް އަޅުގަޑުމެން ބޭނުންވީއެވެ. ކަންދިމާވާގޮތުން، އަޅުގަޑުގެ ކޮއްކޮމެންގެ އަދި އެހެންބިންކޮޅެއްވެސް މާލޭގައި އޮތުމާއި އެތަނުގައި އިމާރާތެއްކޮށް ބަޔަކަށް ކުއްޔަށްވެސް ދީފައި ހުރުމާއެކުގައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަޅުގަޑު ބެންކަށްގުޅާ، ކަމާބެހޭގޮތުން ގުޅަންޖެހޭނީ ކޮންމުވައްޒަފަކާތޯ ބެލީމެވެ. ކޮންމެއަކަސް އެތައްފަހަރަކުގުޅާ އޭނަޔާއި ނުގުޅިގެން އުޅެމުންގޮސް އެންމެފަހުން އެކަމާގުޅޭ އެހެންމުވައްޒަފަކާ ވާހަކަދެއްކީމެވެ. އޭނާއަށް މިހުރިހާވާހަކައެއް ކިޔާދިނުމުން ބުނީ ބެންކުން ލޯނުދޫކުރަނީ ގެއިމާރާތްކުރުމަށްކަމަށެވެ. އަޅުގަޑުމެން މިބޭނުންވެގެންއުޅޭ ކަންތައްތަކަށް ލޯނުދޭގޮތަށް ހަމަޖެހިފައިނެތްކަމަށެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ކޮލެޓަރަލްގެ ގޮތުގައި މިހާރުވެސް ކުޑަކުއްޔަކަށް ދޫކޮށްފައިވާ ބިންކޮޅެއް އޮތްކަމުގައިވިޔަސް، ގެހެދުމަށްޓަކައި ކުރުމުއްދަތަކަށް ތަނެއްގައި ތިބުމަށް ކުލިދެއްކުމަށްޓަކައި އަޅުގަޑުމެންނަށް އިތުރަށްބޭނުންވި އެއްލައްކަރުފިޔާ ބެންކުން ނުލިބޭނެކަމަށް ބުނުމުން އަޅުގަޑު ހަމަ އަންތަރީސްވިއެވެ. އެކަމާ ހިތްހަމަނުޖެހިގެން ވާހަކަދެއްކުމުން، އެމުވައްޒަފުބުނީ ކިތަންމެހިތްހަމަނުޖެހުނަސް ކުރާނެކަމެއްނެތްކަމާއި އެކަމަކީ މެނެޖްމަންޓުގެ ނިންމުމެއް ކަމަށެވެ. އެހެންވުމުން އެކަމާހިތްހަމަނުޖެހިގެން، ބޭންކްއޮފްމޯލްޑިވްސްގެ ވެބްސައިޓަށްގޮސް އެތަނަށްފޮނުވި ޝަކުވާއަށް އަދި ޖަވާބެއްނުލިބެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެދުވަހު އަޅުގަޑު ހިތަށްއެރިއެވެ. ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާގެ އެގްޒެކެޓިވްކޮމިޓީގައި އަޅުގަޑުވޭތުކުރި ހަތަރުއަހަރު ދުވަހު ދިމާވި ކުދިވިޔަފާރިވެރިންނާއި އަންހެންވިޔަފާރިވެރިން، އެމީހުންގެ ހާލުބަޔާންކުރުމަށް ނުހަނު ހިތްދަތިކަމާއިއެކު ދެއްކިވާހަކަތަކަކީ ތެދުވާހަކަތަކެއްކަން އިތުރަށް ގަބޫލުކުރެވުނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އާދެ، ދިވެހިބެންކަކީ ގައުމީބެންކެއް ނޫންކަމެވެ. އެއީ ވަރަށް ފޯކަސްޑް ކޮމާޝަލްބެންކެއްކަމެވެ. އަދި ދިވެހިރާއްޖެއަށް ގައުމީބެންކެއް ބޭނުންވާކަމުގެ ފުންއިހުސާސްކުރެވުނެވެ. މިފިކުރުއިތުރަށް ވަރުގަދަވެގެންދިޔައީ މިއަދުގެ “މިއަދު” ނޫސް ކިޔާލުމުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު