ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިސްލާހުވެގެން، ދިވެހި ރައްޔިތުން އާ އިންތިޚާބަކަށް ކުރިމަތިލާން ތައްޔާރުވަމުންދާއިރު ސިޔާސީގޮތުން “ކުރިއެރުންތަކެއް” ފެންނަމުން އެބަދެއެވެ. އެއީ ދިވެހިރާއްޖެ 21 ވަނަ ގަރުނުގެ ތެރެއަށް ނޭވާލާއިރު، ހޯދާ އެންމެ ބޮޑު ކުރިއެރުމަކީ މަލްޓިޕާޓީ ޑިމޮކްރަސީއެއް ދިވެހި ރައްޔިތުންނަށް ގެނެސްދިނުން ކަމަށްވެފައި، ރައްޔިތުންގެ ކުރިމަތީގައި ރައްޔިތުންގެ ވެރިކަން ކޮށްދިނުމަށް ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ފެންބޮވައިގެންފައިވާ ޕާޓީތައް އިންތިހާއަށް ގިނަވަމުންދާ ކަމެވެ. ޝ
ޝ
މިއަދުނޫހުން ޚަބަރު ދޭގޮތުގައި މިހާރުގެ ސަރުކާރުގައި ގިނަދުވަހު ބާރުގަދަ މަގާމެއްގައި ހުންނެވި ޔާމީނު އަބްދުލްޤައްޔޫމް ގެ ޕާޓީއެއް ކައިރި ކުރިމަގެއްގައި ވުޖޫދަށް އަންނާނެއެވެ. މިއީ ރައްޔިތުންނަށް ރަގަޅުގޮތް ހޯދައިދިނުމަށް ރަޖިސްޓްރީ ކުރެވޭނެ 9ވަނަ ޕާޓީއެވެ. އަދި އޭޑީކޭ ހޮސްޕިޓަލުގެ ވެރިޔާ ނާޝިދުގެ ޕާޓީއެއް ވެސް ވުޖޫދަށް އަތުވެދާނެ ކަމުގައި އަލްފުރެސްކޯ ތެރޭގައި ވާހަކަ ދެކެވޭ އަޑު އިވެއެވެ. ޝ
ޝ
މިހާރު ރާއްޖޭގައި އޮތް މައުމޫނުގެ ޑީއާރުޕީއާއި، ރަޖިސްޓްރީ ހޯދުމަށް ކޯޓުގައިތިބި އިބުރާގެ އެސްއެލްޕީއާއި، ޚިޔާނާތުގެ މައްސަލަތަކެއްގެ ތުހުމަތުގައި ތިބި ރީކޯ އިބްރާހިމް މަނިކުގެ އެމްއެސްޑީޕީއާއި، ހުރިހާ ނުބައިތައް ގައުމުން ބޭރުކުރުމަށް ނިކުމެތިބި އުމަރު ނަސީރުގެ އައިޑީޕީއާއި، މޮނާޒާ ނައީމުގެ އެމްއެންޕީ އާއި، މާބޮޑު ނަމެއްގެ ފަހަތުގައި ނެތް ޕީޕަލްސްޕާޓީ އާއި، ދީނީމީހުންގެ އަދާލަތާއި، އަންނިގެ ކަމަށް ވާހަކަ ދެކެވޭ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގައުމަށް ކޮށްދޭނީ ކޮންކަމެއްކަން ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަށް މިޕާޓީތަކުން ދަނީ ފަސްޖެހެމުންނެވެ. އަދި ވާދަވެރިކަމަށް ތަންދޭ ޑިމޮކްރެޓިކް މާހައުލެއް އުފެއްދުމަށް އަދި ދެމެހެއްޓުމަށް އެއްވެސް ބަޔަކު މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. ޝ
ޝ
އެހެންކަމުން، ލަފާކުރެވޭގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ ބޮޑުގޭގެ އިންތިޚާބުގައި ވޯޓުލުން ބިނާވާނީ ރައްޔިތުންނަށް މީހުންނާއި ބެހޭގޮތުން އެނގިފައިވާ މައުލޫމާތާއި “ބައިއަތު ހިފަންވީ ކާކަށްތޯ” ބެލުމުގެ ތެރެއިންނެވެ. އެހެންވުމުން، ދިވެހިން 21 ވަނަ ގަރުނަށްޓަކައި ދެކެމުން އައި ހުވަފެން ހަގީގަތަކަށްވުން ދުރެވެ. އޭގެ ބަދަލުގައި ކުރިން އޮތް ޚުދުމުޚުތާރު ވެރިކަމުގެ ބަދަލުގައި ދެން ފެނިގެންދާނީ ގަބީލާ ތަކެކެވެ. މިޒަމާނުގެ ބަހުރުވައިންނަމަ ގޭންގުތަކެކެވެ. އެއިން ކޮންމެ ގޭންގަކަށް ނިސްބަތްވާ ބަޔަކު އެގޭންގަކަށް ނުވަތަ ޕާޓީއަކަށް ޖާނުން ގުރުބާންވާން ޖެހޭނެއެވެ. ޝ
ޝ
ރައްޔިތުން ބޭނުންވިފަދަ މަލްޓިޕާޓީ ޑިމޮކްރަސީއެއް ގައުމަށް ގެނެވޭނީ، ފަރުދީ ޝަޚްޞިއްޔަތްތަކަށް ގުރުބާންވުމުގެ ބަދަލުގައި، އަސާސަކަށް ބައިއަތު ހިފުމުގެ ވެއްޓެއް ރާއްޖޭގައި ގާއިމު ކުރެވިގެންނެވެ. ޝ
Shihab
February 18, 2008 at 3:25 pm
Heaven, Thank you for your comment. I managed to write it on my own, like the rest. Actually right now I don’t believe we have political parties (generally speaking)… they are more like “cults” to me. And they are bound by the “interests” of the leader than the masses. That is an opinion I hold. I recently met an international rights expert who told me that he felt our politics was in a very immature stage (in early development). He told me that a group of young political activists who met him, had the attitude “if you are not with us, you are against us!” He told me that it would take some time to actually have such attitudes wear off, and a platform of mutual respect of opponents in politics develep. My fear is that it will take a long time to have an environment where political opponents are driven by issues, and have the capacity for mutual respect, in a “democratic” sense of the word.
heaven
February 18, 2008 at 2:26 pm
A very good article. Did you write it? Or did you pay someone to do it for you (no pun intended)?Who will now or who SHOULD take responsibility to maintaining civil values in the society? In traditional societies, it is the religious teachers who fill this vaccuum. But in the last three decades, I notice a lot of people have begin to think of religious authority as synonymous with government policy. When the government is driven by party interests (or as you say, by the interests of ‘gangs’), will it all be about profit and achieving the other objectives of a ‘gang’?What should happen if we are to finally establish a respectable multi-party democracy?