RSS

Dhivehi Fikuru: Sarukaaraai Verikan (Dhivehi)

16 May

ސަރުކާރާއި ވެރިކަން މިއީ ދިވެހިފިކުރުގައި މިހިނދަށް އެންމެބޮޑު އިންގިލާބެއް އަންނަމުންދާ އެއްކަމެއްކަމުގައި އަޅުގަޑަށް ވިސްނެއެވެ. މިކަމާމެދު އިތުރަށް ވިސްނާލުމަށް އަޅުގަޑަށް ފުރުސަތުލިބުނީ، މީހަކު އަޅުގަޑާ މުހާތަބުކޮށް ބުނިއެއްޗަކުންނެވެ. އެވަގުތު އަޅުގަޑު ބަލާލި ދިވެހިރަދީފެވެ. ރަދީފުގައި ބުނާގޮތުން ސަރުކާރަކީ ގާނޫނީގޮތުން ގައުމެއްގެ ވެރިކަން ހިންގުމުގެ ބާރުލިބިފައިވާ ފަރާތެވެ. އަދި ވެރިކަންކުރުން އެއީ އަމުރުހިންގުން ނުވަތަ ބާރުހިންގުމެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަޅުގަޑަށް ވިސްނޭގޮތުގައި، ރަދީފުގައި ސަރުކާރު އަދި ވެރިކަން މާނަކޮށްފައިވާގޮތުން ދިވެހި ފިކުރުގައި ވެރިކަމާއި ސަރުކާރު އޮތްގޮތް ވަރަށް ރަގަޅަށް ސާފުވާން އެބައޮތެވެ. ގައުމުގެ ވެރިކަމަކީ ރައްޔިތުންގެ މައްޗަށް އަމުރާއި ބާރުހިންގާ ސަރުކާރަކުން ފެށިގެންއަންނަކަމެއްކަން ކިތަންމެހާ ރަގަޅަކަށްވެސް ފެންނަން އެބައޮތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެހިންގެ މައްޗަށް ވެރިކަންކުރަމުންއައި ރަސްރަސްކަލުންގެ އަޅުވެތިކަމުން ރައްޔިތުން މިނިވަންވެ، ދިވެހިރާއްޖެއަކީ ޖުމްހޫރިއްޔާއަކަށްވުމުން ވެސް ދިވެހިން އެމީހުންގެ ކަންތައްތައް ހިންގުމަށް ގެނައީ އެހެންވައްތަރެއްގެ ވެރިޔެކެވެ. އެހެންނަމަވެސް، ދުނިޔެއަށްލޯހުޅުވި ތަންދޮރުފިލާފައިވާ ބާރުވެރިރައްޔިތުންތަކެއްތިބި ގައުމަށް ދިވެހިރާއްޖެވެސް ވުމުން، ރައްޔިތުންގެ މައްޗަށް އަމުރާއިބާރު ހިންގާނެ ވެރިކަމެއްގެބޭނުން ދިވެހިންނަށް މިއަދުމިވަނީ ކެނޑިފައެވެ. ހަގީގީ މިނިވަންކަން ދިވެހިން މިއަދު ބޭނުމެވެ. މިނިވަންކަމުގެ އަނދުނެއް އަޅުވައިގެން ދިވެހިރައްޔިތުން ގެންގުޅެވޭނެ ޒަމާން މިހާރު މިވަނީ ފާއިތުވެފައެވެ. ދިވެހިފިކުރު މިވަނީ ތަހުޒީބުގެ އާހަރުފަތަކަށް ނަގުލުވުމުގެ މަގުމަތީގައެވެ. މީގެ 40 އަހަރުފަހުން ދިވެހިބަހުގެ ރަދީފުގައި [ސަރުކާރު] އަދި [ވެރިކަންކުރުން] މިދެލަފުޒުގެމާނަ އިންނާނެގޮތް ހިތަށްގެންނަވާށެވެ! ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެހިރައްޔިތުން އިންތިޚާބުކޮށްފައިވާކަމަށް ދޭހަވާގޮތަށް، ބޮޑުންގެ ސާޅީހަކަށްމީހުންނަށް ފެންނަމީހަކު ރައްޔިތުންގެމައްޗަށް އިސްކޮށް، ރައްޔިތުންގެ މައްޗަށް އަމުރާއިބާރުހިންގުމަށް އޭނާ އައްޔަންކުރާ ސަރުކާރެއްގައިތިބޭ ވެރިންގެ ޚާދިމުންކަމުގައި ރައްޔިތުންތިބެންޖެހުމުގައި ސިއްކަޖަހާ ނިންމުން މިއަދުމިވަނީ ވަރަށް ގާތުގައެވެ. ދިވެހިރައްޔިތުން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު، ބޮޑުންގެ ރުހުމާއެކު އައްޔަންކުރާ ސަރުކާރެއްގައި ދެންތިބޭނީ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބައެކެވެ. ދިވެހިން އިސްކަންދޭނީ ތާހިރުދިރިއުޅުމެއް އުޅެވޭނެ ރައްޔިތުންގެ ދުވަހަކަށްކަން، ނުވަތަ ތަރައްގީގެ އާމަރުހަލާއަކަށް ވާސިލުވުމަށްކަން، ނުވަތަ އުފާވެރިކުރިމަގަކަށްކަން، ނުވަތަ ދެދުނިޔެއާއިއާހިރަތުގެ ބާއްޖަވެރިކަމަށްކަން، އެނގޭނީ ރައްޔިތުންގެ ބަސްބުނެ ވޯޓުލާދުވަހު ރައްޔިތުންނަށް ފެނުނުގޮތް އިއުލާނުކުރުމުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ވެރިންނަކީ މާތްﷲ ހޮއްވަވާ ޚިޔާރުކުރައްވައި މެދުވެރިކުރައްވާފައިވާ ބަޔަކުކަމަށް މިސްކިތްތަކުގެ އިމާމުން އަޅުގަޑުމެންގެ ބޮލަށްވައްދާދެމުންގެންދިޔަ [ވެރިކަމުން] ދިވެހިރައްޔިތުންމިނިވަންވެ، ތަހުޒީބުގެ އާދުވަހަކަށް ދިވެހިގައުމުގައި އަލިވިލޭނެދުވަސް މިހާރުމިވަނީ ވަރަށްގާތުގައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
 
Comments Off on Dhivehi Fikuru: Sarukaaraai Verikan (Dhivehi)

Posted by on May 16, 2008 in Civil Service, Democracy nd Reform, Leadership, Presidential Race 2008, Thaana

 

Comments are closed.

 
%d bloggers like this: