ދިވެހިރާއްޖެ މިއަދު މިވަނީ “ޖާހިލިއްޔަތުގެ ވެސް ޖާހިލިއްޔަތުކަން މަތީގަ” ކަމަށް، ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާބެހޭ މަތީމަޖިލީހުގެ އިސްއިމާމު ފަތުވާއެއް ނެރުއްވައިފިކަމަށް، ހަވީރު ނޫހުގައި ލިޔެފިއެވެ. އެނޫހުގައިވާގޮތުން، އޭނާ މިހުކުމް ކުރައްވާފައިވަނީ، ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާއެއްގައެވެ. ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަކުރުމަށް އޭނާ އިސްވެހުރެ މިކަން ހިންގެވިޔަސް، ކީރިތި ގުރުއާނުގައި ނުވަތަ ރަސޫލާގެ ސުންނަތުގައި ރަސޫލާގެ އީދުމީލާދު ފާހަގަކުރުމަށް އަންގަވާފައިވާކަމަށް މީހަކު ބުނިއަޑެއް އަދި އަޅުގަޑު ނާހަމެވެ. އެކަމަކު، ބިދުއާ ކަމުގައި ވެގެން މައުލޫދު ކިޔުމާއި ގޭގޭގައި ސަލަވާތްފުޅު ކިޔެވުން ހުއްޓާލާފައިވާ ދިވެހިރާއްޖޭގައި ކަންކުރަންވީ މޮޅުއިތުރުވެގެންވާގޮތް އެންމެ ރަގަޅަށް އެނގޭނީ މަތީ މަޖިލީހަށްކަން ޔަގީނެވެ. ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި
އަދި މަތީމަޖިލީހުގެ މިހާރުގެ ވާޖިބަކަށް ވެފައިވާގޮތުގެމަތީން، ޑރ. އަފްރާޝީމަށް ގޮތެއް ހެދުމަށް މަތީމަޖިލީހުގެ އެއްވެސް ބާރެއް ނެތްކަމަށް އެމަޖިލީހުގެ އިސްވެރިޔަކު އަނެއްކާވެސް ވިދާޅުވިކަމަށް، ހަމަ މިޚަބަރުގައި ލިޔުއްވާފައިވެއެވެ. އަދި މަތީމަޖިލީހުގެ ރައީސް ކުރިން ވިދާޅުވެފައިވާ މޭރުމުން އެމަޖިލީހުގެ އެއްވެސް ބާރެއްނެތްކަމަށާއި ފާހިޝް އަމަލްތަކަށް ރާއްޖެ ހުށަހެޅި ގައުމު ފަސާދަވެގެން މިދަނީ ރައީސުލްޖުމްހޫރިއްޔާއަށް ދީނީ ޝިއާރު ފާޅުކުރުމުގެ ބާރު ގާނޫނު އަސާސީގައި އޮންނާތީކަމަށް ދޭހަވާގޮތަށް ހަމައެއިސްވެރިޔާ ވާހަކަ ދައްކަވާފައިވާކަމަށް ނޫސްކިޔާލުމުން ވިސްނެއެވެ. ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި
ސުވާލަކީ ޝޭޚު އިލްޔާސްއާއި ޝޭޚު ފަރީދުއާއި ޑރ. އަފްރާޝީމާއި އަދާލަތު ޕާޓީއާއި ސަލަފު ޖަމްއިއްޔާއާއި މިފަދަ ފަރާތްތަކުން ދިވެހިންގެ މައްޗަށް ދީން އުނގަންނައިދީ މަގުދައްކައިދެމުން މިގެންދަނީ ގާނޫނު އަސާސީއަކުން ދިން ކޮންބާރަކުން ހެއްޔެވެ؟ ބާރުނެތިގެން އެކަމާ ހިތުގައި ޖެހިގެން މިއުޅޭ ބޭފުޅަކު މިސްކިތެއްގައި ދީނީ ނަސޭހަތެއްދީ ހުކުރު ހުތުބާއެއްކިޔާ ހަދާއަޑުވެސް އިވޭކަމެއް ނޭނގެއެވެ. ހަމަގައިމުވެސް އިސްއިމާމު އިމާމުވެ ކުރެއްވި ނަމާދެއްގެ ވާހަކަ އަޅުގަޑު އަޑުނާހަމެވެ. އެއީވެސް ހަމަ ބާރެއް ނެތިގެންތޯއެވެ. އިމާމުވެ ނަމާދުކުރަންވެސް ގާނޫނު އަސާސީގައި ލިޔަންވީ ހެއްޔެވެ؟ ހުކުރުހުތުބާ ކިޔަންވެސް ގާނޫނު އަސާސީގައި ލިޔަންވީ ހެއްޔެވެ؟ މީހުންގެ ވިޔާނުދާ ވާހަކަ ދައްކާއިރު ތިމާމެން ހެޔޮހާލުގައި ތިބެން ރަގަޅުވާނެއެވެ. ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި
3 responses to “Miadhuge Dhivehi Jeelu: Jaahilunge ves Jaahilun!”
I am very sad that Mode thinks that I don’t know the meaning of “fatwa”… If you look up the dictionary there are two meanings of the word; one which is in the Islamic sense, the other which is ordinary life sense. The meaning of the word “fatwa” in the context of my post, as in the Dhivehi Radheef is, “rashu thereygai aammukoh vaahakayeh fethurun”… and believe me it is not a meaning of the word I cooked up! Check the electronic version of Dhivehi dictionary approved by the authorities…
LikeLike
Being a muslim its rather embarassing that people who write about “fatwa” doesnt understand what a “fatwa” is….
LikeLike
ކުރާނީ ކީއްތޯއެވެ. ދިވެހި ގައުމުގެ ހާލަތު މިއަދު ހުރިގޮތަކީ މިއީއެވެ.
LikeLike