RSS

"Ijuthimaaee hamajehun – Mi gaumuge dhirun"

09 Mar

“އިޖުތިމާއީ ހަމަޖެހުން – މި ގައުމުގެ ދިރުން” މިއީ ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ސަރުކާރުން އިއުލާނު ކުރެއްވި އަހަރުގެ ޝިއާރެވެ. މީގެ ކުރީ އަހަރުގެ ޝިއާރަކީ “ދިވެހިންނަށް ވީތީ ފަޚުރުވެރިވަމާ” އެވެ. ފުރަމާލޭގައި ހުންނަވައިގެން، ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ހިތާބު ގައި، ގައުމިއްޔަތު ދިރުވުމަކީ ދީނާއި ގައުމު ދެކެ ލޯބިވުން ކަމުގައި އެމަނިކުފާނު ވިދާޅުވިކަމަށް “މިއަދު” ނޫހުގައި ބުނެފައިވެއެވެ. އަދި އެކުވެރިކަމާއި އެއްބާރުލެއްވުމާއި، އަދި އަމަން އަމާންކަމާއި ހަމަޖެހުމާއެކު، ރާއްޖެ ތަރައްގީގެ އުސްމިންތަކަކަށް ގެންދެވުމަށް ދިވެހި ރައްޔިތުންނަށް ގޮވާލެއްވިކަމަށް “އާފަތިސް” ނޫހުގައި ލިޔެފައި ވެއެވެ. ގައުމީ ދުވަހުގެ ހަގީގީ ބޭނުން ހިފެނީ ކިހާވަރަކަށް ބާ؟ – މިއީ “ހަވީރު” ނޫހުގެ ސުވާލެވެ. އެ ރިޕޯޓު ނިންމާލާފައިވަނީ، ބޭނުންވަނީ ނަމަކަށް ކަމެއް ކޮށްލުން ނޫންކަމުގައި ބަޔާންކުރަމުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އާދެ! މިލިޔުންތައް ކިޔާލުމުން ހިތަށް ވެރިވެގެން މިދަނީ އަޅުގަޑުމެންގެ ތެރޭގައި ކަންއޮތްގޮތުގެ ވަރަށް ރީތި ތަސްވީރެކެވެ. އަޅުގަޑުމެންނަކީ ޝިއާރު ހަދަން ވަރަށް މޮޅު ބައެކެވެ. އަދި ވާހަކަ ދައްކަން އެހާ ކުޅަދާނަވާނެއެވެ. ދީނާއި ގައުމަކީ ސިޔާސީ ހަތިޔާރެވެ. ދީނަކީ ކޮންއެއްޗެއްކަން ގައުމަކީ ކޮންއެއްޗެއްކަން، ކީއްވެގެން ބަޔަކަށް ބޭނުންވާ އެއްޗެއްކަން ވަރަށް މަދު ބަޔަކަށް މެނުވީ އެނގޭ ހެނެއް ހިޔެއްނުވެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ވަކިނަސްލަކަށް ވަކިމަޒުހަބަކަށް ވަކިގަބީލާޔަކަށް ވަކިނަސަބަކަށް ވަކިހަސަބަކަށް ނިސްބަތްވީތީ މީހުން ފަޚުރުވެރިވީ ޒަމާން ނެތިހިނގައްޖެއެވެ. އަދި ދީނާއި ގައުމު ދެކެ ލޯބިވުމަކީވެސް މިއަދު ސަބަބެއް އޮންނަންޖެހޭ ކަންތައްތައް ކަމުގައި ތަހުޒީބު މުޖުތަމައުތަކުގެ މީހުން ދެކެއެވެ. އެސަބަބު އުފައްދާ ގާއިމު ކުރަނީ ގައުމުތަކުގެ ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ ސަރުކާރު ތަކުންނެވެ. އެފަދަ ގައުމުތަކުގައި ރައްޔިތުންގެ މައްޗަށް ތިބޭ ވެރިންނެއް ނުތިބެއެވެ. އަދި ސަރުކާރަކީ އާއުސްމިންތަކަށް ގައުމު ގެންދިޔުމަށް ރައްޔިތުންނަށް ގޮވާލާބައެއް ނޫނެވެ. ގެންގޮސްދޭ ބަޔެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެހިރާއްޖެ މިއަދު މިދަނީ، ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ތަރައްޤީތަކެއް ތަފާތު ރޮނގުތަކުން ޙާޞިލު ކުރަމުން އަދި ޙަރަކާތްތެރި، ތަރައްޤީ އަވަސް، މުޖްތަމަޢަކަށް ބަދަލުވަމުންކަން ފާހަގަކުރައްވަމުން، ދިވެހި މުޖްތަމަޢުގައި ޤައުމީ ޖޯޝް އެބަހުރި ކަމަށާއި، ޤައުމާއިގެން ކުރިއަށް ދިޔުމުގެ ޤާބިލުކަން އަދި ޤައުމު ތަރައްޤީ ކުރެވޭނެ ހުނަރު އެބަހުރިކަމުގައި ރައީސް ވިދާޅުވިކަމަށް، އެމަނިކުފާނުގެ އޮފީހުގެ ސައިޓުގައި ލިޔެފައި އޮތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ސުވާލަކީ މިގައުމު މިހާ ކުރިއަރާދިޔައިރު، މިގައުމުގެ ގިނަ ރައްޔިތުންތަކެއް މިހާ ދަށުދަރަޖައަކަށް ވެއްޓިފައި މިތިބީ އަދި ގޮތެއްނެތް ބަޔަކަށް ވެފައި މިތިބީ ގައުމުދެކެ ފަޚުރުވެރި ނުވެވިގެން ހެއްޔެވެ. އަދި އިޖުތިމާއީ ހަމަޖެހުން ގެނެސްދޭންވީ ރައްޔިތުން ހެއްޔެވެ. ނުވަތަ ބައިބައިވެފައި މިއޮތް ސަރުކާރުން ހެއްޔެވެ؟ ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
 
Comments Off on "Ijuthimaaee hamajehun – Mi gaumuge dhirun"

Posted by on March 9, 2008 in My Concerns, Nation Building, Neevey Adu Kon Adu

 

Comments are closed.

 
%d bloggers like this: