މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތުގައި އޮތީ، ލީގަލް ރިފޯމް މިނިސްޓަރ ނަޝީދު އޭނާގެ ބުލޮގުގައި، ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދު ގާނޫނާއި ޚިލާފު އަމަލު ކުރައްވާފައިވާ ކަމުގެ ހެކި ފެނިވަޑައިގެންފައިވާ ކަމަށް ލިޔުއްވާފައި އޮތުމުން، އެކަމާ ބެހޭގޮތުން ދ. އަތޮޅުގެ އިއްޒަތްތެރި މެމްބަރު އޭޑީކޭ ނާޝިދު ސުވާލު ކުރެއްވުމެވެ. ނާޝިދު ޖަލްސާއަށް ހާޒިރުވެ ވަޑައިނުގަތުމުން، އެފުރުސަތު ގެއްލުނު ކަމަށް ހަވީރު ނޫހުގައި މިއަދު އޮތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އޭނާ ރައްޔިތުންގެ މަޖިލީހަށް ވެދެވަޑައިގަންނަވަން ޖެހުނީ ދިވެހި ވިޔަފާރިވެރިންގެ ފަރާތުންކަމަށް އޭޑީކޭ ނާޝިދު ދިއެފްއެމްގެ (ހާޑްޓޯކް) “ވަންއޮންވަން” ގައި ޚަލީލު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވިދާޅުވި އަޑު ވެސް އެހީމެވެ. އެކަމާބެހިގެން މަޖިލީހުގައި ނާޝިދާއި ސުވާލު ކުރެއްވިކަމެއް އެނގިފައެއް ނެތެވެ. އެހެންނަމަވެސް، ނާޝިދު ރައްޔިތުންގެ ފަރާތުން މަޖިލިހަށް ވެދެވަޑައިގަންނަވާނީ ކޮންދުވަހަކުތޯ، އެހުންތެރިއަކު ސުވާލު ކުރިކަމަށް ވެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ކޮންމެ އަކަސް ނާޝިދު ވަރަށް ލަދުފުޅުން ހުރެކަމަށް ވިދާޅުވެ ހަވީރުން ކުރިސުވާލެއްގެ ޖަވާބުގައި ވިދާޅުވިކަމަށްވަނީ އޭނާއަށް ގަޑިއަށް ވަޑައިނުގެންނެވުނީ، ގަޑި ދިހަމިނެޓު ލަސްވެފައި ހުރުމުން ކަމަށާއި އެއީ ފެބްރުއަރީ މަހުގެ ތާރީޚު 29 ށް ބަދަލުކުރައްވަން އުޅުއްވުމުގައި ދިމާވިކަމެއްކަމަށް ލަފާ ކުރެއްވޭ ކަމަށެވެ. އެކަމަކު މިއަދަކީ އޭގެ 4 ދުވަސް ފަހެވެ. ހާދަތަނަކަށް ނާޝިދު ލަހުން ވަޑައިގެންފައި ހުންނާނެއެވެ. އެކަމަކު އެކަކަށްވެސް އެވާހަކަ ބުނަން ނުކެރުމުން، އެކަން ފާހަގަނުވެ ދިޔައީތާއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަނެއްކާ، ގަޑިއަށް ހުރުމަތްތެރިކޮށް ނުހިތުމާއި، އުސޫލުތަކަށް ބޯނުލެނބުމާއި، ގޮތެއްފޮތެއްނެތުމާއި، ތިމާނޫން މީހުންނަށް ގަދަރުނުކުރުމާއި، ގޮތްދޫނުކުރުމާއި، ކަމަށްކަމޭ ނުހިތުމާއި، މަސްއޫލިއްޔަތު ނުއުފުލުމާއި، މިފަދަ އުނިސިފަތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެމްރުންގެ އާދަކާދައިގެ ތެރެއިން ފެންނަ އެމަޖިލީހުގެ ސަގާފަތުގެ ބައެކެވެ. އެކަމާ ނާޝިދު ލަދުފުޅުގެން ވަޑައިގަންނަވަން ޖެހޭނެކަމަކަށް އަޅުގަޑު ނުދެކެމެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު