RSS

Gaumu Mioiy Hafusvee eve! (Dhivehi)

05 May

އަޅުގަޑު ހަގީގަތުގައިވެސް މިޕޯސްޓު ލިޔާކަށް ބޭނުމެއްނޫނެވެ. އެކަމަކު، ބޭނުންނުވާ ކިތަންމެކަމެއް މީހުންކުރާބީދައިން މިޕޯސްޓު ލިޔާނަމެވެ. ހިތުގައި އުފެދިފައިވާ އޮޅުންބޮޅުން ފިލާތޯއެވެ. ނުފިލާނެކަންވެސް އެނގެއެވެ. އަޅުގަޑުމެންގެ ގައުމު މިހާރު މިއޮތް ހާލަތުން އޮޅުންބޮޅުންވުން އެހެންގޮތެއް ނެތިގެންނެވެ. އެހެނަސް، ބުއްދިއަށް ފެނުނު އެއްޗަކާމެދު ހާމަކޮށް ވިސްނާލަން ބޭނުންވި ބޭނުންވުން ފަސްޖައްސާނުލެވިގެންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަޅުގަޑު ނެޓަށްވަނީ ހަވީރުނޫސް ކިޔާލުމަށެވެ. ނޫސް ހުޅުވާލާ ސުރުޚީތައް ފެނުމުން އަޅުގަޑުގެ ސިކުނޑިން ހިތަށް ވައްދާދިން މެސެޖުން ހުއްޓުންއެރިއެވެ. އަޅުގަޑު ހިތަށްއެރިއެވެ. ގައުމު މިއޮތް ހަފުސްވީއެވެ. މިހިސާބުން އަޅުގަޑުގެ އާދައިގެމަތިން، ދެން އަވަސްވެގަނެވުނީ ވިސްނުމަށް އައިއެއްޗެއް އިތުރަށް ދިރާސާކުރުމަށެވެ. ރަދީފްޑޮޓްކޮމް އަށް ގޮސް އުޅެއުޅެ ގައުމު ގެ މާނައެއް ރަދީފަކުން ނުފެނުނެވެ. ދެން ބެލީ ޤައުމުގެ މާނައެއް އިންތޯއެވެ. ޤައުމުންފެށޭ އެތައް ލަފްޒަކާ ދިމާވިއެވެ. އެކަމަކު ޤައުމުގެ މާނައެއްވެސް ނުފެނުނެނެވެ. އެހެންކަމުން އެހިސާބުން ދެންނިންމީ ދިވެހިބަހުގައި ގައުމެއްވެސް ޤައުމެއްވެސް ނެތުމުން، އަރަބިބަހުގެ ރަދީފަކުން އެއްޗެއް ނޭގޭނެތީވެ. އިގިރޭސިބަހުން “ނޭޝަން” މިބަހުގެ މާނަ ބެލުމަށެވެ. މެރިއަމް-ވެބްސްޓަރ ޑިކްޝަނަރީގައިވާގޮތުން، ގައުމު މިބަހުގެ އެއްމާނައަކީ، ކަނޑައެޅިފައިވާ ސަރަހައްދަކާއި ސަރުކާރެއްއޮތް މީހުންތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެކެވެ. ނުވަތަ މީހުން ދިރިއުޅޭ މިނިވަންކަން ލިބިފައިވާ މާސިންގާ ސަރަހައްދެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ކޮންމެއަކަސް އަޅުގަޑު ސިކުނޑިން ހިތަށް ވެރިކުރުވި މިއިހްސާސް ފިލައިގެންދާނެގޮތެއް ނުވިއެވެ. އަޅުގަޑުމެންގެ ގައުމު މިވަނީ ހަފުސް ވެފައެވެ. އާދެ ގޮތްހުސްވެ ހާސްވެފައެވެ. ދިރުމެއްހުރި އެއްޗެއްގެ ނަޒަރުން ބަލައިފިނަމަ ނޭވާބަންދުވެފައެވެ. ރަގަޅު ސުވާލެކެވެ. އަޅުގަޑު ފިކުރުބޮޑުވެ ކަންބޮޑުވަނީ ކީއްވެތޯ ތިޔައުފެދުނު ސުވާލެވެ. ދިވެއްސަކަށްވީތީ ފަޚުރުވެރިވާނެސަބަބެއް ނުވިސްނުނަސް އަޅުގަޑުގެ ގައުމުދެކެ އަޅުގަޑު ލޯބިވަމެވެ. ގައުމުހަފުސްވުން އެއީ ފިކުރުބޮޑުވާކަމަކަށްވަނީ އެހެންވެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ބަޔަކުބުނެފާނެއެވެ. ކަންބޮޑުނުވާށެވެ. މިއީ ތަރައްގީއާއި ތަހުޒީބުގެ މަރުހަލާއެކެވެ. ސަރުކާރުން ދައުލަތުގެ މުސްތަގިއްލު މުއައްސަސާއެއް އޮރިޔާންކޮށްލުމަކީ ޑިމޮކްރަސީއެވެ. އެމީހުންބުނާނެއެވެ. ދައުލަތުގެ މުވައްސަސާއަކުން ގާނޫނުގެބާރު ފަސްކުރުމަށް އަމުރުނެރެ އެއަމުރުގެ މާނަހޯދުމާއި ރޫހާއިއެއްގޮތަށް އަމަލުކުރުމަށް އަނެއްމުވައްސަސާއަށް ނޫސްތައްމެދުވެރިކޮށް ނަސޭހަތްތެރިވުމީ އިންތިގާލުގެ ބައެކެވެ. އެމީހުންބުނާނެއެވެ. އަދި އެކޯޓުން ގާނޫނުގެ ރޫހަށް އެއްވެސް ވިސްނުމެއްނުބެހެއްޓުމަކީވެސް ބާރުތަކުގެ މުސްތަގިއްލުކަމުގެ ލާމަސީލުމިސާލެކެވެ. އެމީހުންބުނާނެއެވެ. ދައުލަތުގެ ގާނޫނީބާރަކުން ކުރާ ސާފުސީދާއަމުރަށް އަމަލުކުރަންޖެހޭތޯ ވިސްނަމުންދާކަމަށް ސަރުކާރުގެ އިދާރާއަކުން އެންގުން އެއީވެސް ޑިމޮކްރަސީގެ ހަރުދަނާ ރިވެތިމިސާލެކެވެ. އެމީހުންބުނާނެއެވެ. ސަރުކާރުން ގާނޫނުގެ ބާރުކަނޑާލަނީކަމަށް ދޭހަވާގޮތަށް ހަފަރާތުން ފެންނަމުންދާ މަންޒަރުތަކަކީވެސް ޑިމޮކްރަސީއެވެ. އެމީހުންބުނާނެއެވެ. އާންމުރައްޔިތުންނަށް ނުވިސްނެނީއެވެ. އެމީހުން ބުނާނެއެވެ. މިއީ ޑިމޮކްރަސީގެ މަރުހަލާއެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެކަމަކު ދިވެއްސަކަށްވީތީ ފަޚުރުވެރިވާނެސަބަބެއް ނޭގޭ މިޝިހާބުވެސް ގައުމުހަފުސްވެގެންދާއިރު ހުރީ ފިކުރުބޮޑުވެފައެވެ. ޒުވާނުންނަށް ދައްކައިދެވޭ ލާމަސީލުމިސާލުތަކާމެދު އާޝޯޚު ވެފައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
 
Comments Off on Gaumu Mioiy Hafusvee eve! (Dhivehi)

Posted by on May 5, 2008 in Democracy nd Reform, My Concerns, Presidential Election 2008, Terrorism

 

Comments are closed.

 
%d bloggers like this: