RSS

Iskoolu thakuge veringe Maizaan 2008 (Dhivehi)

09 Apr

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިންތިޒާމުކޮށްގެން މިހާރު ބާއްވަމުން ގެންދާ ދިވެހި ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ވެރިންގެ ބައްދަލުވުނު ހުޅުވިގެންދިޔައީ، މިދިޔަ އާދީއްތަ ދުވަހުގެރޭ، ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ހާޒިރުގައި، ސްކޫލްތަކުގެ ވެރިންނާއި ތައުލީމީދާއިރާގެ އިސްވެރިންގެ 300 ށްވުރެ ގިނަފަރާތްތަކުގެ މުނިފޫހި ފިލުވައިދިނުމަށް، އުމުރުން ދިހަބާރައަހަރުގެ ސްކޫލްކުދިންތަކެއް ހުށަހަޅާދިން ނެށުމުގެ އައިޓަމަކުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މިބައްދަލުވުންތަކުގެ ހާމަކުރެވިފައިވާ މަގުސަދުތައް ކިތަންމެ ފުރިހަމަވިޔަސް، ބައްދަލުވުމުގެ ނަތީޖާގެ އޮށްޓަރާއި ފެންވަރު، އަދި އެއަށްވުރެ ބޮޑަށް، ގައުމުގެ މާދަމާގެ ޖީލަކީ ތަންދޮރުފިލާފައިވާ ޒިންމާދާރު ޝަހުސިއްޔަތު ތަކަކަށް ހެދުމުގެ ގާބިލުކަން އަޅުގަޑުމެންގެ ތެރޭގައި ހުރިމިންވަރު، ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގެ މުނިފޫހިފިލުވުމުގެ އައިޓަމަކަށް، މެންދަންވާން ކައިރިވެފައިހުއްޓާ ކުޑަކުދިންތަކެއް ލައްވާ ނެށްޓުވުން ފުދެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވީ، ތައުލީމުގެ އެންމެ ބޮޑު ބޭނުމަކީ، ކުދިންގެ ޝަހުސިއްޔަތު ބިނާކޮށް، އަޅުގަޑުމެން ބޭނުންވާ މައިގަނޑު ރީތި އުސޫލުތަކާއި އަހުލާގީ މާތް ސިފަތައް ކުދިންނަށް ދަސްކޮށްދެއްވުންކަމުގައި ކަމަށްވެއެވެ. އެވިދާޅުވީ ތެދުފުޅެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ގައުމުގެ ހާލަތު މިހާރު މިއޮތް ދަރަޖައަށް ފުންކޮށް ވިސްނާލާއިރު، އެއީ ވިދާޅުވާން އެންމެ ހައްގު ވާހަކަ ފުޅެކެވެ. އެކަމަކު ސުވާލަކީ، ސްކޫލްތަކުގެ ނާޒިރުންނާއި މުދައްރިސުންގެ ކޮނޑުގައި އެޅިފައިވާ މިބޮޑު މަސްއޫލިއްޔަތުގެ އަގު މިގައުމުން ފާހަގަކުރާނެތޯއެވެ. ދިވެހި ރާއްޖޭގެ ތައުލީމީ ދާއިރާގެ އޮނިގަނޑަށް އިސްލާހު ގެނައުމުގެ މަސައްކަތްކުރާތާ މިހާރު ދިހައަހަރަށްވުރެ ގިނަދުވަސްވީއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މުދައްރިސުންނަކީ މުސާރައިގެ ގޮތުން އެންމެ ނިކަމެތި ދަރަޖައިގައިތިބި ފަންނީ މަސައްކަތުމީހުންނެވެ. ސިފައިންނާއި ފުލުހުން މުހިންމުވީމާ އެމީހުންގެ މުސާރަބޮޑެވެ. އެއަރޕޯޓާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން މުހިންމުވީމާ އެމީހުންގެ މުސާރަ ބޮޑެވެ. ކަސްޓަމުގެ މުވައްޒަފުންގެ މުހިންމުކަން ބޮޑުވީމާ އެމީހުންގެ މުސާރަ އެހާ ބޮޑެވެ. ކުނިކަހާ މީހާއަށްވެސް 8000 ރުފިޔާއާއި ގާތަށް ލިބޭނެއެވެ. އެމްއެމްއޭގެ ކާތިބުމީހާވެސް އެފަދައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދެން ވިސްނާވަޑައިގަންނަވާށެވެ. ގައުމުގެ މުސްތަގުބަލު އޮންނާނެ ގޮތާމެދުގައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
 
1 Comment

Posted by on April 9, 2008 in My Concerns, Nation Building

 

One response to “Iskoolu thakuge veringe Maizaan 2008 (Dhivehi)

  1. Azim

    April 9, 2008 at 6:00 am

    ޝިހބެވެ. ދުވަހުން ދުވަހަށް މި ހީވަނީ ރައްޔެތުން މަގުމައްޗަށް ނުކުމެގެން ނޫނީ އެއްވެސް މާނައެއް ހުރި ހެޔޮ ބަދަލެއް ރާއްޖެއަކަށް ނާންނާނެހެންނެވެ.

     
 
%d bloggers like this: