RSS

President Next…… Maumoon! (Dhivehi)

08 Apr

އިރާދަކުރެއްވިއްޔާ ރައީސްމައުމޫނު މިފަހަރުވެސް (ރިޔާސީ އިންތިޚާބު) ކާމިޔާބު ކުރައްވާނެކަމުގައި، ދިވެހި ރައްޔިތުންގެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ވިދާޅުވިކަމަށް މިއަދު ނޫހުން ބުނެފިއެވެ. އަދި އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރައްވާނީ 60 އާއި 70 އާއި ދޭތެރޭގެ އަޣުލަބިއްޔަތަކުން ކަމުގައިވެސް މަހުލޫފް ވިދާޅުވިކަމަށް މިއަދު ގައި ލިޔެފައި އޮތެވެ. އަދި އޭނާ ވިދާޅުވިކަމަށް ވަނީ، އެމަނިކުފާނަށް ރައީސްކަމަށް ދެންކުރިމަތި ނުލެއްވޭނެކަމަށް ބަޔަކު ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލަންވެގެން ކަމުގައެވެ. އެކަމަށް ގޮތެއް ނިންމާނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކަމަށާއި، ޑީއާރުޕީއަށް މެޖޯރިޓީއެއް އޮތްތަނެއްގައި އެއީ އެއްވެސް ބަޔަކު ގަބޫލުކުރާނެކަމެއް ނޫންކަމުގއި އޭނާ ވިދާޅުވި ކަމަށް ވެސް މިއަދުނޫހުގެ ފާތުމަތު ނާޒީން ލިޔެފައިވެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ރައީސް މައުމޫނަށް ކުރިޔަށް އޮތް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ތިންގޮތެއް އެބައޮތްކަމަށާއި އެއީ އެމަނިކުފާނު އިސްތިއުފާދެއްވުން، ނުވަތަ އަވަހާރަވުން، ނުވަތަ އަވަހާރަކޮށްލުން ކަމުގައި ވެސް މަހުލޫފު ވިދާޅުވިކަމަށްވެއެވެ. ރައީސް މައުމޫނު ވެރިކަމުގެ ހަވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވަނީ، ރައްޔިތުންނަށް އުފާވެރި ކުރިމަގެއް ހޯއްދަވާ ދެއްވާނެކަމުގައި ވެވަޑައިގަތް ވައުދަކީ އިޚްލާޞްތެރިކަމާއިއެކު ވެވަޑައިގެންނެވި ވައުދެއްކަމުގައި ގަބޫލުކޮށްގެން އެމަނިކުފާނަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ވޯޓުދިނީމައެވެ. އެއީ ޑީއާރުޕީގެ މެމްބްރުންނެއް ނޫނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މިފަހަރަ އެމަނިކުފާނު ރައީސްކަމަށް ކުރިމަތިލައްވަނީ ޑީއާރުޕީގެ ޒައީމުގެ ގޮތުގައި ރާއްޖޭގެ ވެރިކަން ޑީއާރުޕީއަށް ހޯއްދަވާދެއްވުމަށެވެ. ޑީއާރު÷ޕީއަކީ ސަރުކާރު މުވައްޒަފުންގެ ތެރެއިން ގިނަބަޔަކު އެޕާޓީގެ ހަރަކާތްތަކުގައި އިސްވެތިބި ޕާޓީއެކެވެ. އެހެންނަމަވެސް، އޮޅުމަކުން އަތްދަށުންދިޔަ ސިވިލްސާވިސް ގާނޫނެއްގެ ސަބަބުން މިބޭފުޅުންނަށް ސިޔާސީހަރަކާތެއްގައި ބައިވެރިނުވެވޭގޮތަށް ހަމަޖެހުމުން، ޕާޓީގެ ހަރަކާތްތަކަށް ނުކުންނާނެ ސަރުކާރު މުވައްޒަފުންގެ ގޮތުގައި ނުހިމެނޭ މީހުން ހޯދުމުގެ މަސައްކަތެއް ކުރަން، ޑީއާރުޕީއަށް މިހާރު ވަނީ ޖެހިފައިކަމަށް ފެނެއެވެ. އެއީ މިހިނދަށް ފެންނަގޮތުން، ސަރުކާރު މުވައްޒަފުންގެ އިތުރު ކޮމިޝަންތަކެއް ހަދައިގެން އެކޮމިޝަންތަކުގެ މީހުންނަކީ ސިޔާސީ ހަރަކާތުގައި ބައިވެރިވެވޭ މީހުންނަށް ހަދައިގެން ކަމަށްވުން ވަރަށް ގާތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ރައީސް މައުމޫނަކީ ދިވެހިންގެ ލޯތްބާއި އިހުތިރާމާއި އެކު ވެރިކަމަށް ވަޑައިގެންނެވި ދީނީ އިލްމުވެރިޔެކެވެ. އޭނާގެ ވެރިކަމުގެ ކުރީކޮޅުގައި ކުރީގެ ވެރިކަމުގެ އިސްމަސްއޫލުވެރިންނަށް އިހާނެތިކަން އިންތިހާޔަށް ދިޔައެވެ. ދުނިޔޭގެ ގާނޫނަކީ، އެމީހަކު ދޫކުރިއެއްޗެއް އެމީހަކަށް އަނބުރާލިބުންކަމުގައި ބުނާމީހުންގެ ބަސް ތެދުކަން މިއަދު އަޅުގަޑުމެންނަށް މިދަނީ ފެންނަމުންނެވެ. މައުމޫނު ދިވެހިރާއްޖޭގެ ވެރިކަމަށް ހޮވިވަޑައިގަންނަވާނީ، އޭނާ ކުރައްވާފައިވާ ހެޔޮކަމަކުން ދޫކުރިއެއްޗެއް އަނބުރާލިބުމުގެ ގޮތުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މީހުން މެރުމުގެ ވާހަކަ ދެއްކުމަށްވުރެ، މަހުލޫފުމެންނަށް މިހިނދަށް އައުލާކަން ބޮޑުވެގެންވަނީ އެމަނިކުފާނު ރައްޔިތުންގެ ތެރެއަށް ދޫކުރި ރަނގަޅު ކަންތަކުގެ ވާހަކަ ދެއްކުމެވެ. ހަތްވަނަ ދައުރަކަށް ހޮވުމަށް އިރާދަކުރެއްވުން ބޮޑަށް ގާތީ އެއިރުންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
 

One response to “President Next…… Maumoon! (Dhivehi)

  1. antonymous

    April 8, 2008 at 4:15 pm

    Mahloof lacks the politcal substance in him, even to make a politically correct statement about his own zaeem. Such a shame!

     
 
%d bloggers like this: