RSS

Hiyaavahikamaai Dhivehin….

27 Mar

މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ނޫހުގެ ފަލަސުރުޚީ، މިއަދު އަނެއްކާވެސް އިތުރަށް ހަނދާނަށް އައެވެ. ކުރީދުވަހުގެ ޚަބަރަކީ، ގައުމީ ހިޔާވަހިކަމާއި ބެހޭ ސިޔާސަތެއް ދިވެހިސަރުކާރުގެ ކެބިނެޓުން ބައްލަވާ ފާސްކުރެއްވި ވާހަކައެވެ. މިހާ ދުވަސްފަހުން، ދިވެހިންނަކީ ބޯހިޔާވަހިކަމުގެ ހައްގު އޮތްބައެއްކަމުގައި އަޅުގަޑުމެންގެ ވެރިން “ފާސްކުރިކަމީ” ވެސް ހާދަ ހެޔޮފުޅު ކަމެކޭ އެދުވަހު ހިތަށް އެރިއެވެ. އެހެންނަމަވެސް، އެއީ އަދި އާންމު ރައްޔިތަކަށް އޭގެ ޒާތުގައި އެއްވެސް ފައިދާއެއް ކުރާނެ ސިޔާސަތެއްކަން ފަހުމުވީ ޚަބަރު ރަގަޅަށް ކިޔާލުމުންނެވެ. އެސިޔާސަތުގެ މުހިންމު ނުގުތާއަކަށް އޮތީ، ހިޔާވަހިކަމާއި ބެހޭ ވުޒާރާއާއި ކަމާބެހޭ އެހެނިހެން ދާއިރާތަކުގައި ފަންނީ އަދި ގާބިލު މީހުން ބިނާކުރުމެވެ. ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި
އެހެންކަމުން އަދި ކުރިޔަށް މިއޮތް ފަސްއަހަރެއްހާ ދުވަހު އޮންނާނީ ލޯނު ނެގުމާއި، އޮފީސްތަކުގެ ވެރިންގެ މުސާރަ ބޮޑުކުރުމާއި، ރާއްޖެއިން ބޭރަށް ދަތުރުކުރުމާއި، ޒުލަށް މީހުން ދާހެން މިބޭފުޅުން ރާއްޖެތެރެއަށް ދަތުރުކުރެއްވުމާއި، ރައްޔިތުން އެބޭފުޅުންނަށް މަރުހަބާކިޔާ ޝުކުރު ދެންނެވުމެވެ. ހިޔާވަހިކަމުގެ މާނައަކީ، ބޭނުމަކީ، އަދި އެސިޔާސަތުގެ ސަބަބުން ފަރުދަކަށް ލިބޭނެ ފައިދާއަކީ ކޮބައިކަމެއް އެސިޔާސަތުގައި އޮތްކަމަށް އެޚަބަރަކު ނެތެވެ. އެހެން ހުރި ސިޔާސަތުތައް މިހާރުވެސް ހިރަފުސްއަރައަރާ އެބަހުއްޓެވެ. ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި
ދެން މިއަދު ހަވީރު ނޫހުގެ އޮންލައިން ބަލާލިއިރު، މިއޮތީ ތިރީސް ރައްޔިތަކު ދިރިއުޅޭ ރަށެއްގެ ވާހަކަ އެވެ. އަދި އެރަށުގެ ސަތާރަ ވަރަކަށް ގޭގައި ދިރިއުޅޭ މީހުން ބަދަލުވުމަށްޓަކައި ސަރުކާރުން އެހެން ރަށެއްގައި ގެދޮރު އަޅާދޭ ވާހަކައެވެ. މިމީހުންނަށް ކޮންމެ ކަމެއްވެސް ކުރަން މިއެގެނީ އެންމެ ޚަރަދުބޮޑުކޮށް އިހުޒަމާނުގެ ބޯދާ ގޮތަށެވެ. ދިވެހި ކޮންމެ ރައްޔިތަކަށް ހިޔާވަހިކަން ހޯދައިދެވިދާނެ ކަމަށް މިމީހުންނަށް ގަބޫލު ނުކުރެވޭތީ ހައިރާންވާކަށް ނުޖެހެއެވެ. މިމީހުން ބޭނުންވަނީ، އެރަށުގެ މީހުންނަށްވެސް ގެރާނާފައި ގޯތި ދޭށެވެ. ކުރިމަގަށް ވިސްނާ ބަޔަކު ކޮންމެ ދެމަރިފިޔަކަށް ގޯތިދޭން ވިސްނާނެ ހެއްޔެވެ؟ ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި
އެހެންޏާ ފަހެ، އެރަށުގައި ދިރިއުޅޭ ސަތާރަ އާއިލާއަށް ހައުސިންގ ސްކީމެއްގެ ދަށުން ފްލެޓު އަޅައިދީގެން މީހުން ދިރިއުޅޭ ރަށަކަށް ބަދަލުކޮށް، ވިޔަފާރިއުސޫލުން ދެކޮޓަރީގެ ފްލެޓަކަށް ދިހައަހަރު ދުވަސްވަންދެން ކުލިދެއްކުމަށް 10 މިލިޔަން ރުފިޔާ ބެންކުގައި ބެހެއްޓުމުން ފުދޭނެއެވެ. އެކަމަކު މިމީހުން އެ ސަތާރަ އާއިލާ ބަދަލު ކުރުމަށް އެތައް ސަތޭކަ މިލިޔަން ރުފިޔާގެ މަޝްރޫއެއް ހިންގާނެއެވެ. މިއީ މިމީހުންގެ ވިސްނުން ހުރިގޮތެވެ. ހަމަރަގަޅަށްވެސް މިވިސްނުމުގައި ރައްޔިތުންނަށް އުޖާލާ ކުރިމަގެއް ހޯދައެއް ނުދެވޭނެއެވެ. ސުވާލަކީ މިމީހުންގެ މިހިރަ ބޯދާ ވިސްނުން ބަދަލު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދި
ދިވެހިންނަށް ބޯހިޔާވަހިކަން ލިބުމުގެ ދުވަސް އޮތީ އަދި ވަރަށް ދުރުގައެވެ. ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ދިވެހި ވެހި ދިވެހި
 
Comments Off on Hiyaavahikamaai Dhivehin….

Posted by on March 27, 2008 in Development, My Concerns

 

Comments are closed.

 
%d bloggers like this: