RSS

Idhikolhu Party egge beynumaai dhauru (2)

10 Mar

ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ އެންމެ މުހިންމު ބޭނުމެއްކަމުގައި އަޅުގަޑު ދެކެނީ، އެވަގުތަކު އޮތް ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދެމުން ގެންދަނީ އެންމެ ރަގަޅަށްތޯ ބަލާ ސިޔާސީގޮތުން ފިޔަވަޅު އެޅުމާއި، އެމީހުން ސަރުކާރެއް އަތުވެއްޖެނަމަ އެވަގުތު އޮތް ސަރުކާރެއްގެ ސިޔާސަތުތަކަށް ގެންނާނެ ބަދަލުތަކާއި، ރައްޔިތުންގެ ބޭނުންތައް ހާސިލުކޮށް ދިނުމަށް އެމީހުންގެ ސަރުކާރަކުން ގެންގުޅޭނެ ސިޔާސަތުތަކާއި ކަންކުރާނެގޮތް އަންގައިދީ، ރައްޔިތުންގެ ހިތުގެ ލޯތްބާއި އިހުތިރާމާއި ގަދަރު ހޯދުމެވެ. އެއީ، ސަރުކާރު ހިންގުމަށް އައިސް ރައްޔިތުންނަށް ރަގަޅުގޮތް ހޯދައިދެވޭނީ އިންތިޚާބެއްގައި ގައުމުގެ ރައްޔިތުންގެ މެޖޯރިޓީގެ ވޯޓު ކާމިޔާބު ކުރެވިގެން ކަމަށް ވާތީއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ހަމައެއާއެކު، އިދިކޮޅު ޕާޓީއަކުން ވަރަށް ފުޅާދާއިރާއެއްގައި ގިނަބައެއްގެ އިތުބާރާއި ރުހުން ލިބިގަތުމަށް މަސައްކަތް ކުރަންޖެހޭނެކަމަށް އަޅުގަޑު ދެކެމެވެ. މިކަންކަމަކީ އެޕާޓީއެއްގެ ޒައާމަތުގެ މަސްއޫލިއްޔަތެކެވެ. އެއީ ޕާޓީއަށް ނިސްބަތްވާ ހުރިހާ މެމްބަރުން އެމީހުންގެ މަސައްކަތާއި އަނބިދަރިންނަށް އަދާކުރަންޖެހޭ ހައްގުތައް ދޫކޮށްފައިގޮސް ވަގުތުހޭދަކުރަން ޖެހިގެންވާނެ ކަމެއް ނޫނެވެ. އެހެންކަމަށް ވާނަމަ، ޕާޓީ އެވަނީ އެބަޔަކަށް ހުރި ގެއްލުމަކަށެވެ. އަދި އިދިކޮޅުޕާޓީއަކީ ރައްޔިތުންނަށާއި ގައުމަށް އޭގެ ގެއްލުން އެންމެ ކުޑަވާނެގޮތަށް އެކަން ކުރަން އެނގޭ ބަޔަކަށްވުން ވެސް މުހިންމެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ހަމަޔަގީނުންވެސް، ތިމާމެން ގަބޫލުކުރާގޮތް ނޫން އެހެންގޮތެއް ގަބޫލުކުރާ މީހުންނާއި ދިމާކޮށް ފުރައްސާރަ ކުރުމަކީ އިދިކޮޅުޕާޓީއެއްގެ ބޭނުމެއް ދައުރެއް ނޫންކަން ޔަގީނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދުނިޔޭގެ އެކިގައުމުތަކުގައި ޑިމޮކްރަސީއަށް ދަތުރުކުރި މަރުހަލާތައް ވަރަށް ތަފާތު ކަމުގައި ބޭފުޅަކު ވިދާޅުވި ހަނދާން އަޅުގަޑު ވެއެވެ. އެއީ ބައެއް ގައުމު ތަކުގައި ޑިމޮކްރަސީ އައިސްފައިވަނީ، ފުރަތަމަ އިގްތިސާދީ މިނިވަންކަން، ދެން އިޖުތިމާއީ މިނިވަންކަން، ދެން ސިޔާސީ މިނިވަންކަމެވެ. އެތަންތަން މިފެންނަނީ ތަހުޒީބު ވެފައިވާ ގައުމުތަކުގެ ގޮތުގައެވެ. އަނެއްބައި ތަންތަނުގައި މިއަންނަނީ އޭގެ ނިގޫކޮޅުން ފެށިގެންނެވެ. މިތަންތަނުގައި މިއަންނަނީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ލަތީފު ވިދާޅުވާފަދަ “ހައިޖާނު ޑިމޮކްރަސީ” އެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެހިންނަށް ލިބޭނީ ތަހުޒީބު ޑިމޮކްރަސީއެއްތޯ ހައިޖާނު ޑިމޮކްރަސީއެއްތޯ ކަނޑައެޅުމުގެ ބާރުއޮތީ އަޅުގަޑުމެންގެ ތެރޭގައި މިފެންނަ ސިޔާސީ ޕާޓީތަކުގެ ޒައާމަތުގެ އިޚްލާސްތެރިކަމާ ހިލްމުވެރިކަމާ ގުޅިފައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
 

One response to “Idhikolhu Party egge beynumaai dhauru (2)

  1. Anonymous

    March 16, 2008 at 9:37 am

    Nice blog. But try to practice what you preach. Just giving an impression to the public is not good enough. Clear your debts first.

     
 
%d bloggers like this: