އާބާދީގެ ތިންބައިކުޅަ އެއްބަޔަށްވުރެން ގިނަމީހުން ތޮއްޖެހިފައިވާ އެއްރަށެއްގައި ދިރިއުޅޭ، އަދި ގައުމުގެ ޒުވާނުންގެ ތެރެއިން 12000 ށްވުރެ ގިނަމީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ، އުމުރުން ފަނަރައަހަރު ފުރުމުގެ ކުރިން ގިނަ އަންހެންކުދިންނަށް ޖިންސީގޮތުން ގޯނާއެއްކުރެވިފައިތިބޭ، ރައްޔިތުންގެ މައްޗަށް އޮންނަ މަދުބައެއްގެ ޚުދުމުޚުތާރު ވެރިކަމުގެ ސަގާފަތެއް އޮންނައިރުވެސް މިނިވަނުންކަމަށް ދައުވާކޮށް އެކަމަށްޓަކައި ފަޚުރުވެރިވާ ދިވެހިންނަށް އޮޅުވާލާ، ދަޅަދައްކާ، އަނދުން އަޅުވާލައިގެން ރައްޔިތުންނަށް ރަގަޅުގޮތެއް ބަޔަކު ހަދައިދީފިކަމަށް ހީވާގޮތަށް – ވަކިބަޔެއްގެ މަސްލަހަތު މުޅިން ހަމަޖެއްސުމުގެ ބޮޑު މަޝްރޫއަށް “ގާނޫނު އަސާސީ އިސްލާހު” ކުރުމުގެ ނަމުން ނަންދީ، އަލަށް ހެދި ގާނޫނު އަސާސީގެ ދަށުން ދުނިޔެ ސިއްސުވާލާނެ ނަމޫނާ ރިޔާސީ އިންތިޚާބެއް ދިވެހިރާއްޖޭގައި ބޭއްވުމުގެ ތައްޔާރީތައް ހޭބޯ ނާރާ ހިނގަމުންދާ މަންޒަރަކީ ހާދަ ހިތްގައިމު މަންޒަރެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަވަސް އަރައިގަނެގެން ކުރުގަޅުވާލައިގެން ބާއްވާ އާގާނޫނުއަސާސީގެ ފުރަތަމަ އިންތިޚާބު (ރިއާސީ އިންތިޚާބު) ވެގެންދާނީ މައްސަލަތަކާއި ހަމަނުޖެހުންތަކުން ފުރިގެންވާ މިނިވަންކަމެއް ދިވެހިންނަށް ގެނެސްދޭނެ މަރުހަލާއަކަށް ވެދާނެކަމުގެ ކޮޅުމަތި މިހާރު މިދަނީ ފެންނަމުންނެވެ. ދިމާކުރުމާއި ފުރައްސާރަކުރުމުގެ އިންތިހާއަށް ކެމްޕެއިންގެ ކަންތައްތައް މިވަނީ ގޮސްފައެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަޅުގަޑުގެ ދުއާއަކީ ދިވެހިންނަށް ހެޔޮބުއްދިއާއި ދުރުވިސްނުން މާތްﷲ މިންވަރުކުރެއްވުމެވެ. ދިވެހިންނަށް މިފަހަކަށް އައިސް ދިމާވި ކޮންމެ ބޮޑުމުސީބާތަކުން ސަލާމަތްވެފައިވަނީ ﷲ ގެ ހެޔޮރަހުމަތްފުޅުންނެވެ. ޝިހާބު ޝިހާބު ޝިހާބު