RSS

Migarunuge Bodu Khiyaanaaiy: Dhivehi Rayyithunnah

12 Sep

If you have a problem reading the text: you can refresh the page with Ctrl+F5
ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެހިންނަށް މިއަދު މިވަނީ އީދެއް އައިސްފައވެ. ދިވެހިންނަށް އާގާނޫނު އަސާސީއެއް ލިބިއްޖެއެވެ. ޒަމާނުއްސުރެ ވަކިބަޔަކު ރައްޔިތުންގެ މައްޗަށް ކުރަމުން އައި ވެރިކަމަށް ނިމުމެއް އަތުވެއްޖެއެވެ. ރައްޔިތުން މިހާރު ތައްޔާރުވަމުންދަނީ އާގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިއާސީ އިންތިޚާބު އޮކްޓޫބަރު 10 ގެ ކުރިން ބާއްވަންޖެހެއެވެ. ކަންބޮޑުވާންޖެހޭ ކަމަކީ، އާގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ އިންތިޚާބަކީ މިނިވަން އަދުލުވެރި އިންސާފަކަށް ވުމުގެ ފުރުސަތު ގެއްލިފައިވާކަމެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
މިހަގީގަތަށް ދިވެހިރާއްޖޭގެ ސިޔާސީލީޑަރުންނާއި ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކުންވަނީ ކަނުވެފައެވެ. ރައްޔިތުންނަށް ޑިމޮކްރަސީއެއްގެ ދަށުން ލިބެންޖެހޭ އެންމެ އަސާސީ ހައްގު ނިގުޅައިގަނެވިފައިވާކަން އެފަރާތްތަކަށް ނޭގެއެވެ. ނުވަތަ ތިބީ ޣާފިލުވެފައވެ. މިއީ ހިތާމައިގެ ކޮޅެއެއްނެތްކަމެކެވެ. އަޅުގަޑާއި ދިމާވާ ގިނަބޭފުޅުން ގަބޫލުކުރައްވާގޮތުގައި މިނިވަން އިންސާފުވެރި އިންތިޚާބަކަށް މިއިންތިޚާބު ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އިންތިޚާބުގެ ކަންތައްތަކަށް ބަލާއިރު އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، އިންތިޚާބުތަކާބެހޭ އާންމުގާނޫނާ ރިއާސީ އިންތިޚާބާ ބެހޭ ގާނޫނު ނިމި، އެގާނޫނުތަކުގައިވާ ގޮތަށް ކަންކަން ފުރިހަމަކުރުމަށް އެކަށީގެންވާ ވަގުތު ލިބިދިނުމުގެ ފުރުސަތު ގާނޫނު އަސާސީން ބަންދުކޮށްފައިވާތީއެވެ. އެއީ ގާނޫނު އަސާސީ އެކުލަވާލި ފަރާތްތަކުގެ ތަންދޮރުނުދަތުމާއި ތަސައްރަފުނުފުދޭކަމުގެ ލާމަސީލު ހެއްކެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަދި ހަމައެއާއިއެކު، ރިއާސީ އިންތިޚާބަށް ކުރިމަތިލުމާއި އިންތިޚާބުގެ ކެންޑިޑޭޓުން އިއުލާނުކުރުމާއި ދެމެދު އޮތް ވަގުތުގެ ހަނިކަމުންވެސް ޖެނުއިން، ފްރީ އެންޑް ފެއަރ އިލެކްޝަނެއްގެ ޝަރުތުތައް ހަމަވާ އިންތިޚާބެއް ބޭއްވުމަށް ޖާގައެއް ނެތެވެ. ކޮންމެ ކަމެއް ކުރަންޖެހޭނީ އަވަސް އަރައިގަތުމުގެ ތެރެއިންނެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ހަމައެގޮތަށް އިންތިޚާބަށް ކުރިމަތިލާފަރާތްތަކުގެ ހަރަކާތްތައް ކުރިޔަށް ގެންދެވޭނެގޮތުގެ އޮނިގަނޑެއް އެކަށައަޅާ އެއަށް ހުރިހާ ފަރާތްތަކުގެ ކޮމިޓްމަންޓު ހޯދާ އެއްބަސްކުރުވުމަށް ވެސް ފުރުސަތެއް ނެތެވެ. ހުރިހާ ފަރާތްތަކުން ހަމަހަމަގޮތެއްގައި ކެމްޕެއިންކޮށް ކެމްޕެއިނަށް ކުރާ ޚަރަދުތައް ދެނެގަނެ ބަލަހައްޓާނެ އިންތިޒާމެއް ވެސް ހަމަޖެއްސިފައެއް ނެތެވެ. މުޅި ރިއާސީ އިންތިޚާބު ފެންނަނީ ޒާތެއްގެ އަވާމެންދުރެއްގެ ސިފައިގައެވެ. ވޯޓުލާން ތިބި ރައްޔިތުން ވޯޓުގެ އިންތިޒާމުތަކާއި އިންތިޚާބުގެ ނިޒާމުގެ ސައްހަކަމާއިމެދު ހޭލުންތެރިކުރުވާ އިތުބާރު ލިބިދެވޭނެ ވަގުތެއްވެސް ނެތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ދިވެހިރާއްޖޭގެ ގައުމީ ޓީވީ އިން ކުރި ސާރވޭއެއްގައި ވޯޓުދިން ކޮންމެ ހަތަރުމީހެއްގެ ތެރެއިން ތިންމީހަކު، ކުރިޔަށް އޮތް ރިއާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަމުގައި ނުވާނެކަމަށް ގަބޫލުކުރާކަމަށް ދެއްކުން މިއީ މިކަމުގެ ލާމަސީލު ހެއްކެކެވެ. މިޚަބަރު ގެނެސްދިން އޮންލައިން އިނގިރޭސިބަހުންނެރޭ ނޫސް މިނިވަންނިއުސް އިން ބުނިގޮތުގައި، އިންތިޚާބުގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ “ގޯވޯޓް” ކެމްޕެއިންގެ ފަރާތުން ފާހަގަކުރާގޮތުގައި، އެފަރާތްތަކުގެ ހޯދުންތަކުން ދައްކާގޮތުން ގިނަބަޔަކު އިންތިޚާބުގެ އިންތިޒާމްތަކަށް އިތުބާރެއް ނުކުރެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަދި މިހާތަނަށް އެތައް ރަށަކަށް ޒިޔާރަތްކޮށްފައިވާ ގޯވޯޓް ކެމްޕެއިންއިން ހާމަކޮށްފައިވާ ގޮތުގައި، ޕާޓީތަކަށް ރަޖިސްޓްރީވެފައިވާ ގިނަމީހުން ގަބޫލުކުރާގޮތުގައި އެމީހުން ވޯޓުލާންޖެހޭނީ އެމީހުން ނިސްބަތްވާ ޕާޓީން ތާއީދުކުރާ ކެންޑިޑޭޓަކަށެވެ. މިނޫނަސް، ވޯޓުލާންދާ ރައްޔިތެއްގެ އޮންނަންޖެހޭ އަސާސީ މިނިވަންކަމަށް ހުރަސްއަޅާ އެތައްކަމެއް އޮތީ ރަގަޅުކުރަންޖެހިފައެވެ. އެހެންނަމަވެސް، ޑިމޮކްރަސީގެ މިމުހިންމު އަސާސްގެ މަތިން ހަނދާންނެ
ިކޮށްލާ، ސިޔާސީ ޕާޓީތަކުންނާއި ސިޔާސީލީޑަރުން އަވަދިނެތި އެއުޅުއްވަނީ ކެމްޕެއިން ކުރެއްވުމުގައެވެ. ކޮންމެ ގޮތަކުންވިޔަސް ވެރިކަން ހޯދުމަށެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
ވެރިކަން ބޭނުންވާ މީހުންގެ މިސިފަޔަކީ ދެބަސްވެވެން ނެތް ހަގީގަތެއްކަމުން، ދުނިޔޭގެ ޒަމާންވީ ޑިމޮކްރަސީތަކުން، މިނިވަން އިންސާފުވެރި އިންތިޚާބުތައް ބޭއްވޭނެގޮތް ދިރާސާކޮށް އެކަމުގެ އަސާސްތަކާއި އުސޫލުތައް ކަނޑައަޅާފައި ހުރެއެވެ. އެހެންނަމަވެސް، ދިވެހިރައްޔިތުންގެ މައްޗަށް ވެރިކަން ހިންގުމުގެ ވިސްނުމުގައި ތިބި މީހުން އަދިވެސް ރައްޔިތުންގެ ހައްގުތަކާމެދު ވިސްނާކަމަކަށް ނުފެނެއެވެ. ދާދިފަހުން ހުވާކުރި އިލެކްޝަންސް ކަމިޝަނަރުންވެސް، އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެތޯ ބަލާފައި އޮތްކަމަކަށް ނުފެނެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އިންތިޚާބުގެ ކަންތައް އިންތިޒާމުކޮށް ހިންގާނެ ބަޔަކު ހޯދާ ތަމްރީނުކުރުމުގެ މަސައްކަތް މުޅިރާއްޖޭގައި އެންމެ ތިންހަފުތާގެ ތެރޭގައި ނުކުރެވޭނެކަން ކޮންމެ ދިވެއްސަކަށް އެނގޭނެއެވެ. އަދި ކޯޓުތަކުގެ ގާޒީންނާއި ފަނޑިޔާރުންނަށް ލިބިދޭންޖެހޭ ކަމާގުޅޭ މައުލޫމާތާއި ތަމްރީނުތައް މިއޮތްކުރުމުއްދަތުގެ ތެރޭގައި ނުކުރެވޭނެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އިންތިޚާބަށް ނުސީދާގޮތުން ޚަރަދުކޮށް ނުފޫޒުފޯރުވާ ފަރާތްތަކުގެ ކަންތައްތައް ބަލަހައްޓާނެ ނިޒާމެއް ގާއިމެއް ނުކުރެވޭނެއެވެ. މީޑިޔާއިން އިންތިޚާބުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާ، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ލިއްބައެއް ނުދެވޭނެއެވެ. މިހެންގޮސް، ތިންހަފުތާގެ ތެރޭގައި ނުކުރެވޭނެ ކިތަންމެ ކަމެއް އެބައޮތެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އެހެންކަމުން، އޮކްޓޫބަރު 10 ގެ ކުރިން ބާއްވާ ރިޔާސީ އިންތިޚާބުވާނީ ރައްޔިތުންނަށް ވެވޭ މިގަރުނުގެ ބޮޑު ޚިޔާނާތައެވެ. މިއީ އޮގަސްޓް 7 ގައި ތަސްދީގުކުރި ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ވެފައިވާ ބޮޑު ޚިޔާނާތެކެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
 
2 Comments

Posted by on September 12, 2008 in Majlis, Presidential Election 2008

 

2 responses to “Migarunuge Bodu Khiyaanaaiy: Dhivehi Rayyithunnah

  1. Anonymous

    September 15, 2008 at 10:25 am

    election will not be free and fair under any dictatorship.so be prepared for the worst , Maumoon may win from the first round.May GOD bless Mahaldheebiyya

     
  2. Anonymous

    September 14, 2008 at 7:33 pm

    thi ee qaanoonu assay vy khiyaanaathey noon. ekamaku eqaanoonu hedhi bayakaa egotha date kandalha e faas kuri baayakaa e thasdheeq kuri meehaa vy khiyaanaathey.aslu masala enmenaves engey. eyee maumoonah thymgeyn beyruvaajehi aanmu dhiri ulhumeh ulhen jehidhaanethy insaafuveri inthikhaabakun rayithun mahroom koh emanikufaanuge masalahath thiothy rayithunge haqaka vure kuriah nerefaa. haqeeqathugai qaanoon assay thasdheeq vy dhuvahun feshigen maumoon ge haisiyatheh aslu ney.dhen izatheri informatin minister ehery rayithinge haqe kamah vaa insaafuveri inthihaabu nigulhai genfai maumoon ge haqu himaayah kuran nukumeh. eheyo emanikfaanu amila tv in enoon gothaka dhekiyas. eyee ehaa muhinmu kameh noon. insaanaku 300000 meehunge assasy haqakun mahroom kuraaka emaniku faanu ekuraa varah masakathey nukuraaney.

     
 
%d bloggers like this: