ކުރިޔަށް އޮތް ރިއާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ރައްޔިތުން އެމީހުންގެ ސަރުކާރުގެ އެންމެ އިސްމަގާމަށް މީހަކު ހޮވާނެއެވެ. އެއީ ތާރީޚީ ހޮވުމަކަށް ވާނެއެވެ. މިހިނދަށް އެންމެ މުހިންމު އެއްސުވާލަކީ މިނިންމުމާއި ދިވެހިން ކުރިމަތިލާއިރު، އެކަމަށް ދިވެހިރައްޔިތުން ތިބީ ތައްޔާރުވެފައިތޯއެވެ! ރައްޔިތުންނަށް ރަގަޅު ނިންމުމެއް ނިންމޭނީ އެކަމަށް ތައްޔާރު ތިބެގެންކަން ކަށަވަރެވެ. ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބުޝިހަބުޝިހަބުޝިހަބު
މިފަހަރުގެ އިންތިޚާބުގައި ހޮވޭނީ، އިސްލާހު ކުރެވޭ “މި” ގާނޫނު އަސާސީގެ ދަށުން ދިވެހިން ހޮވާ ފުރަތަމަ ރައީސް ކަމަށްވާއިރު، “އަސްލު” ގާނޫނު އަސާސީއާއި “މި” ގާނޫނު އަސާސީގައި ރައީސްކަން ކުރާމީހެއްގެ މަގާމުގެ ހައިސިއްޔަތާއި ދައުރުގެ ތަފާތަކީ ކޮބައިކަން ރައްޔިތުންނަށް އަންގާދިނުމަކީ ސިޔާސީ މީހުންގެ ވާޖިބެއްކަން ކަށަވަރެވެ. މިކަމުގެ މައްޗަށް އެއްވެސް ވިސްނުމެއް ފިކުރެއް ހިންގާ ބަޔަކު ތިބިކަމަކަށް އަދި ނުފެނެއެވެ. ރާއްޖެ ދަނީ “މައުމޫނުގެ” ވަށައިގެން އެނބުރެމުން ސެނބުރެމުންނެވެ. ސިޔާސީ މީހުންގެ ތެރެއިން އެއްބަޔަކު ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތްކުރަނީ “މި” ގާނޫނު އަސާސީގެ ދަށުން ޚިދުމަތްކުރަން އެންމެ ރަގަޅުވާނީ މައުމޫނު ކަމެވެ. އަނެއްބަޔަކު ވިސްނައިދޭން މަސައްކަތްކުރަނީ މައުމޫނު ކަމުނުދާނެކަމެވެ. މިއީ ގައުމެއްގެ ރައީސަކު ޚިޔާރުކުރުމުގައި ގޮތެއް ނިންމަން ރައްޔިތުންގެ ހޭލުންތެރިކަން އުފެއްދުމުގައި ބޭނުންކުރަން މިޒަމާނުގައި ވަރަށް އާދަޔާޚިލާފު ގޮތެއްކަމަށް އަޅުގަޑަށް ވިސްނެއެވެ. ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު ޝިހާބު
އަޅުގަޑު ދެކޭގޮތުގައި ދިވެހިންނަށް މިއަދު އެންމެ ބޮޑަށް އެނގެން ބޭނުންވަނީ “މި” ގާނޫނު އަސާސީގައި ސަރުކާރަކީ ކޮބައިކަމެވެ. “މި” ގާނޫނު އަސާސީން ދިވެހިންނަށް އެންމެ ބޮޑަށް ގެނެސްދީފައިވަނީ ހުރިހާ ބާރެއް އެކެއްގެ އަތުގައި ނެތް ސަރުކާރެއް ކަމަށްވާތީއެވެ. އަދި ދިވެހިން ކުރިން ވިސްނާ އަދި ދަންނަ “ސަރުކާރު” ގެ މާނަ “މި” ގާނޫނު އަސާސީގެ ދަށުން މުޅިން ބަދަލުވެގެން ގޮސްފައިވާތީއެވެ. މިހާރު ސަރުކާރަކީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން އޮތް، އަދި ރައްޔިތުން އެފަރާތަކަށް ޚިދުމަތް ކުރަންޖެހޭ ފުރޭތައެއް ނޫނެވެ. އެއާ ޚިލާފަށް ސަރުކާރަކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭންޖެހޭ ދައުލަތުގެ އެންމެ އިސް އެއް ގުނަވަނެވެ. ދައުލަތުގެ އެހެން ގުނަވަންތަކަށް މީހުން އިސްކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމުގައިވިޔަސް، މިގުނަވަނަށް ވެރިޔަކު އިންތިޚާބު ކުރަނީ ރައްޔިތުން ކަމެވެ. ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު ޝިހަބު